ޖުމްހޫރީ ޕާޓީގެ ލީޑާާރ ގާސިމް އިބްރާހިމް އިސްތިއުނާފުގެ މައްސަލައިގެ އަޑުއެހުން މިއަދު މެންދުރު 1:45 ވަނީ ހައި ކޯޓުން ތާވަލްކޮށްފަވެ.
ގާސިމް އިބްރާހިމް މިފަހަރު ހައްޔަރު ކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހު ގާސިމް ދިރިއުޅޭ ގެ ކަމައްވާ މާފަންނު ވިލާ ގައި ހުންނަވަނި ކޮށެވެ. އަަދި އޭގެ ފަހުދުވަހު ވަނީ ގާސިމް އަށް މުއްދަތް ޖަހާ ދޫނިދޫއަށް ގެންގޮސްފައެވެ. ގާސިމް އިބްރާހިމްގެ އިސްތިއުނާފްގެ މައްސަލަ ހައި ކޯޓަ ހުށެހެޅީ މިމަހު 22 ވަނަ ދުވަހުގައެވެ.
ގާސިމް އިބްރާހިމް މިނިވަން ކުރަން ގޮވާލައި މަޖިލީހުގެ ޕެޓިޝަން ކޮމިޓީއިން އެކުލަވާލާފައިވާ ޕެޓިޝަން އެގައި އިއްޔެ ވަނީ ސޮއި ކުރަން ފަށާފައެވެ. މިއަދު މެންދުރު 12:45 އަށް ގާސިމް އިބްރާހިމް އަށް ތާއިދު ކުރާ ފަރާތްތަކުން އެމަނިކުފާނަށް ކުރާ ތާއިދު ހާމަކުރުމުގެ ގޮތުން ކޯޓް ސަރަހައްދަށް އެއްވެދިނުމަށް ޖުމްހޫރީ ޕާޓީއިން ވަނީ އެދިފައެވެ.
ގާސިމް އިބްރާހިމްގެ އިސްތިއުނާފުގެ ޝަރީޔަތް މިއަދު 1:45 ގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ