ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒުގެ ގަޔަށާއި ކާރަށް ކަޅުތެޔޮ ޖަހައިފި

ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒްގެ ކާރަށާއި އޭނާގެ ގަޔަށް ދެންމެ ބަޔަކު ކަޅުޔެތޮ ޖަހައިފި އެވެ. ރިޔާޒް ވިދާޅުވި ގޮތުގައި އޭނާގެ ކާރަށާއި ގަޔަށް ކަޅުތެޔޮ ޖެހީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ވަަޑައިގަންނަވަން ކާރަށް އަރަނިކޮށެވެ. އެއީ މާވެޔޮމަގުން ޖުވޭސް ކެފޭގެ ކުރިމަތިންނެވެ."ސައިކަލެއްގައި އައި ދެ މީހަކު ކަޅުޔެތޮ ޖެހީ. އަޅުގަނޑުގެ ގަމީހުގެ ފަހަތުގައި މިއޮތީ ހުސް ކަޅުތެޔޮ،" ކުރީގެ ޕޮލިސް ކޮމިޝަނަރު ވިދާޅުވި އެވެ. ރިޔާޒް ވިދާޅުވީ ކަޅުތެޔޮ ޖެހި މައްސަލަ މިހާރު ފުލުހުންނަށް ވެސް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ