އުފުލާފައިވަނީ ސިޔާސީ ދައުވާއެއް ކަމަށާއި, ކުށެއްކޮށްފައި ނުވާނެކަމަށް ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު ކަންވެސް ކުރައްވަމުން ގެންދަވާ އަބްދުﷲ ރިޔާޒު ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބަށް ދުވަހަކުވެސް ހުރަސް އަޅާފައި ނުވާނެ ކަމަށް ވިދާޅުވެފައިވަނީ ގާނޫނު ތަންފީޒު ކުރާ މުވައްޒަފެއްގެ ވާޖިބަށް ހުރަސްއަޅަން އުޅުނު ކަމުގެ ދައުވާ އޭނާގެ މައްޗަށް އުފުލުމާއި ގުޅިގެންނެވެ.
ރިޔާޒް ކުރެއްވި ޓްވީޓެއްގައި ޕްރޮސެކިއުޓާ ޖެނަރަލް އޭނާގެ މައްޗަށް ދައުވާކުރިކަން އޭނާއަށް އަންގަވާފައި ނުވާކަމަށާއި, ތަހުގީގު ނިންމިކަން އެނގިވަޑައިގަތީ ނޫހުންކަމަށް ވިދާޅުވެ ކުރައްވާފައިވާ ދައިވާއަށް ވަނީ އިންކާރުކުރައްވާފައެވެ.
ވީނިއުސް އާ ހަވާލާދީ ރިޔާޒްވަނީ ރައްޔިތުންނަށް މެސެޖެއްވެސް ދެއްވާފައެވެ.
"ގައުމު އޮތީ ވަރަށް ކަންބޮޑުވާ ހާލަތެއްގައި. މިގައުމުގެ ޑިމޮކްރަސީ އޮތީ ވަރަށް ކަންބޮޑުވާ ހާލަތެއްގައި. ގައުމުގައި ބިރުވެރިކަމާ ނާމާންކަމާއި އަދި ސިޔާސީ މީހުންނަށް ސިޔާސީ ގޮތުން ހާއްސަކޮށް އޮޕޮޒިޝަން ފަރާތްތަކުން ވާހަކައެއް ދެއްކިޔަސް ކުށްވެރިވާ މާހައުލެއް މިއޮތީ. އަދި ވަޒީފާ އަދާކުރާ މީހުންނަށް ވެސް އަދި އިންވެސްޓް ކޮށްގެން ވިޔަފާރިކުރާ މީހުންނަށްވެސް ތްރެޓް އޮތް ވަގުތެއް މިއީ. އެހެންވީމާ އަޅުގަނޑުގެ އެދުމަކީ ހުރިހާ އެންމެންވެސް ވިޔަފާވެރިންވެސް އަދި ކިޔަވައިގެން ތިބި މީހުން ވެސް އަދި ވަޒީފާތައް އަދާކުރާ މީހުން ވެސް ހުރިހާ އެންމެންވެސް އަދި ފަނޑިޔާރުންވެސް ފުލުހުންވެސް ސިފައިންވެސް ދިވެހިރާއްޖޭގެ ގާނޫނާ ގަވައިދާ އެއްގޮތަށް ކަންތައްތައް ކޮށްދެއްވުން އިންސާފުވެރިކޮށް. އަދުލު އިންސާފު އެއީ އެތަނެއްގައި އޮންނަންވާނެ އެއްޗެއްކަމާއި ދެން ވީހާވެސް އެމީހަކަށް ބައިވެރިވެވެން އޮތް މިންވަރަކުން ބައިވެރިވެ ދުއާ ކޮށް މިގައުމަށް ރަނގަޅު ގޮތް މެދުވެރިކުރައްވާތޯ ދުއާކޮށް އެކަމަށް އުޅުން އެއީ އަޅުގަނޑު އެދުމަކީ،" ރިޔާޒު ދެއްވި މެސެޖުގައި ވިދާޅުވެ އެވެ.
ރިޔާޒުގެ މައްޗަށް ދައުވާކުރަން ފޮނުވި އިރު, މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ރިޔާޒު ފުލުހަށް ހާޒިރުކޮށް ރިޔާޒުގެ ފޯނު ވަނީ ހިފަހައްޓާފަ އެވެ. ރިޔާޒު ހައްޔަރުކުރީ މާވެޔޮމަގަށްވާ ގޮތަށް ހުންނަ އޭނާ ދިރިއުޅުއްވާ ގެއިން ނިކުމެވަޑައިގެންނެވި ތަނުންނެވެ.އަދި އޭގެ ދެދުވަސް ފަހުން, ފުލުހުންނަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތުގައި ރިޔާޒުވަނީ ފުލުހުންގެ އިދާޜާއަށް ހާޒިރުވެސް ކޮށްފައެވެ.
ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް ދައުވާކޮށްފައިވާއިރު, ހަމަ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ މައްޗަށް މިހާރު އުފުލާފައިވާ ރިޝްވަތު ދޭން އުޅުނު ކަމުގެ ދައުވާގެ އިތުރުން ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާއާއި, ވޯޓުދޭން ހުރި މީހަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއެވެ.
ކުށެއް ކޮށްފައެއްނުވާނެ, ދައުވާ އުފުލަނީ ސިޔާސީ ބޭނުމަކަށް - އަބްދުﷲ ރިޔާޒް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ