ކައުންސިލް ބައްދަލުވުމުގައި ރައީސް މައުމޫން އައްޔަންކުރެއްވި ބޭފުޅުންނަށް ބައިވެރިވެ ވަޑައިނުގެންނެވޭނެ - ނިޙާން

ޕީޕީއެމްގެ މުސްތަޝާރުކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީންގެ ބެއްލެވުމުގެ ދަށުން، މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމުގައި, ޕީޕީއެމްގެ ކައުންސިލަށް އިއްޔެ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އައްޔަންކުރެއްވި ބޭފުޅުންނަށް ބައިވެރިވެ ވަޑައިނުގެންނެވޭނެ ކަމަށް، ޕީޕީއެމް ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާފަންނު ދާއިރާގެ މެމްބަރު، އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.
ނިހާން ވިދާޅުވީ، އިއްޔެ އައްޔަންކުރެއްވި ބޭފުޅުންގެ އިތުރުން، ދިއްގަރު ދާއިރާގެ މެމްބަރު އަދި ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން އާއި އާމިނަތު ނާދިރާއަށް ވެސް އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިނުގެންނެވޭނެ ކަމަށާއި، އެ ދެ ބޭފުޅުންނަކީ ޕާޓީން ވަކިކޮށްފައިވާ ދެ ބޭފުޅުން ކަމަށެވެ.
"އިއްޔެ ޕާޓީގެ ކައުންސިލް އަށް އައްޔަން ކުރި ކަމަށް ރައީސް މައުމޫން ވިދާޅުވާ މީހުން އަދި ފާރިސް އާއި ނާދިރާ އަށް ދައުވަތެއް ނުލިބޭނެ. މިހާރު ޕީޕީއެމްގެ އޮފީހުގައި އެމްޑީޕީ މީހުން ކުރަނީ ކޮންކަމެއް ކަމެއް ނޭންގޭ. މީ ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް. މިއީ އެއްވެސް ހާލެއްގައި އެމްޑީޕީ އެއް ނޫން. އެހެންވީމަ އެމްޑީޕީ މީހުން ޕީޕީއެމް އޮފީސް ތެރެއަށް ވަދެއްޖެއްޔާ އެކުރަނީ ބަޣާވާތެއް" ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނިހާން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ