ކްރިމިނަލް ކޯޓު ހިންގުން ގާޒީ އަބްދުލް ބާރީ ޔޫސުފާ ހަވާލުކުރައްވައިފި އެވެ.
ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓުގެ ހިންގުން ވަގުތީ ގޮތުން އެކޯޓުގެ ގާޒީ ބާރީއާ ހަވާލުކުރީ އިސް ގާޒީ އަބްދުﷲ މުހައްމަދު ޗުއްޓީއަކަށް ވަޑައިގަތުމުން ކަމަށެވެ.
މީގެ ކުޑަދުވަސް ކޮޅެއް ކުރިންވެސް އަބްދުﷲ ގާޒީ ޗުއްޓީއެއް ނަންގަވާފައިވާއިރު މިފަހަރު ވެސް ޗުއްޓީއަށް ވަޑައިގެންނެވި ވަކި ސަބަބެއް ވަނީ ސާފުވާގޮތް ނުވެފަ އެވެ.
ގާޒީ ބާރީއަކީ ހުސްވެފައިވާ ހައިކޯޓުގެ ފަނޑިޔާރު ކަމަށް ވެސް ކުރިމަތިލައްވާފައިވާ ބޭފުޅެކެވެ.
ކޯޓްތަކުގެ އިސް ގާޒީން ޗުއްޓީއަށް ވަޑައިގަތުމުން އެ ކޯޓުގެ އެހެން ގާޒީއަކާ ކޯޓް ހިންގުން ހަވާލުކުރުމަކީ އަބަދުވެސް އަމަލުކުރަމުންދާ ގޮތެކެވެ.
ކްރިމިނަލް ކޯޓު ހިންގުން ގާޒީ ބާރީއާ ހަވާލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ