މީޑިއާ ކައުންސިލުގެ އިންތިހާބުގައި ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަަލަށް އިތުރުކޮށްފިއެވެ.
މީޑިއާ ކައުންސިލަށް އިންތިޚާބު ކުރަން ހަމަޖެހިފައި ވަނީ މީޑިއާގެ 7 މެންބަރުންނާއި އާންމުންގެ ހަ މެންބަރުންނެވެ. އާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާގައި މަސައްކަތްނުކުރާ ފަރާތްތަކެވެ.
މީޑިޔާ ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ ދެ އަހަރަށް ވާއިރު އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން ދެ ދައުރު އަދައެއް ނުކުރެވޭނެއެވެ.
މީޑިއާގެ 7 ގޮޑިއަށް ކެންޑިޑޭޓުން ހުށަހަޅާނީ މީޑިއާތަކުންނެވެ. މިގޮތުން ކެންޑިޑޭޓުން ހުށަހަޅާ ކޮންމެ މީޑިއާއަކުންވެސް އެ މީޑިއާއަކުން ހުށަހަޅާ ކެންޑިޑޭޓުގެ ވަނަވަރު އެނގޭގޮތަށް ހުށަހަޅުއްވަން ޖެހެއެވެ.
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަަލަށް އިތުރު ކުރި އިރު, އެ ކައުންސިލްގެ މި ދައުރުގެ 13 މެންބަރުންގެ މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.
މީޑިއާ ކައުންސިލްގެ މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން މި މަހުގެ 16 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ފޮޓޯއާއި ވަނަވަރު، ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި ކުށުގެ ރެކޯޑްގެ ކޮޕީއަކާއެކު، ހޯމް މިނިސްޓްރީއަށް ހުށައަޅުއްވަން ޖެހެއެވެ.
މީގެކުރިން މީޑިއާ ކައުންސިލަށް ކުރިމަތިލުމަށްޓަކައި މެންބަރުކަމަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަކުން މި އިޢުލާނުގައިވާ ގޮތުގެ މަތިން އަލުން މެންބަރުކަމަށް އެދި ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.
މީޑިއާ ކައުންސިލްގެ މެމްބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު އިތުރު ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ