ޕީޕީއެމްގެ ރައީސް ކަން އަންގައިދޭ ލިޔުމެއް ހޯދަން ރައީސް މައުމޫން އިސީ އަށް ސިޓީ އެއް ފޮނުވައިފި

ޕީޕީއެމްގެ ރައީސަކީ މައުމޫން އަބްދުލް ގައްޔޫމްކަން އަންގައިދޭ ލިޔުމެއް ހޯދަން އެމަނިކުފާނު އިލެކްޝަން ކޮމިޝަން (އީސީ) ގައި މިއަދު އެދިއްޖެ އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހްމަދު ސުލައިމާނަށް މައުމޫން ފޮނުއްވި ސިޓީފުޅެއްގައި ވިދާޅުވީ ލިއުމެއް ބޭނުންވަނީ، ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ސިވިލް ކޯޓަށް ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން، އެ ކޯޓަށް ލިއުން ބޭނުންވާތީ ކަމަށެވެ. މި ލިއުމުގެ އިތުރުން، ޖެނުއަރީ 2013 ގައި ބޭއްވި ޕީޕީއެމްގެ ފުރަތަމަ ގައުމީ ޖަލްސާގެ ޔައުމިއްޔާގެ ކޮޕީއެއް ވެސް ލިބޭނެ ގޮތް ހައްދަވައިދެއްވަން މައުމޫން ވަނީ އެދިވަޑައިގެންފައެވެ.
ރައީސް މައުމޫން އެމަނިކުފާނަކީ ޕީޕީއެމްގެ ރައީސް ކަން އަންގައިދޭ ލިޔުން ހޯދުމަށް އީސީގައި އެދިފައި މިވަނީ ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީން ސިވިލް ކޯޓުގެ އަމުރަކުން ހަވާލު ކޮށްފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ