މަދުން ވޯޓު ދިނަސް ވޯޓު ބާތިލް ނުވާ އިސްލާހު ތަސްދީގުކޮށްފި

އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ މަދު ކެންޑިޑޭޓުންނަށް ވޯޓު ދިނަސް އެ ވޯޓަކީ ބާތިލް ނުވާ ވޯޓެއްގެ ގޮތުގައި ބަލައިގަތުމަށް ލޯކަލް ކައުންސިލް އިންތިޚާބުތަކުގެ ގާނޫނަށް ގެނައި އިސްލާހު މިއަދު ތަސްތީގުކުރައްވައިފިއެވެ.
މި ބިލް ތަސްްދީގު ކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުން މި އިސްލާހު ފާސްކޮށްފައިވަނީ މިމަހުގެ 22 ވަނަ ދުވަހު އެވެ. އެދުވަހު ނެގި ވޯޓުގައި މި ބިލް ފާސްކުރުމަށް 47 މެމްބަރަކު ވޯޓު ދެއްވި އިރު ބިލާ ދެކޮޅަށް ވޯޓު ދެއްވީ 19 މެމްބަރުންނެވެ.
ސަރުކާރުގެ ގެޒެޓުގައި މިއަދު ޝާއިއު ކުރެވުނު އިސްލާހުގައި ވާ ގޮތުން އެ އިދާރީ ދާއިރާއަކުން ނުވަތަ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައި އޮންނަ ކޮންމެ ވޯޓު ކަރުދާހަކީ ބާޠިލު ވޯޓު ކަރުދާހެކެވެ.
އަދި އެ އިދާރީ ދާއިރާއަކުން ނުވަތަ އެ ރަށަކުން ނުވަތަ އެ އަވަށަކުން އިންތިޚާބުކުރަންޖެހޭ ޢަދަދަށްވުރެ މަދު ކެންޑިޑޭޓުންގެ ނަމާ ދިމާގައި ރަނގަޅު ފާހަގަ ޖަހާފައިވާ ވޯޓު ކަރުދާސް ބަލަންވާނީ ސައްހަ ވޯޓު ކަރުދާހެއްގެ ގޮތުގައި ކަމަށްވެސް އަލަށް ގެނެސްފައިވާ އިސްލާހުގައިވެއެވެ.
ކައުންސިލްތަކުގެ އިންތިޚާބުގެ ގާނޫނަށް ގެނައި މިއިސްލާހަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ