ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށްފި ކައުންސިލްތައް ގާނޫނީ ހުސްކަމެއްގެ ތެރެއަށް ދާނެ ކަމަށް ރައީސް މައުމޫނު ވިދާޅުވެއްޖެއެވެ.
ޕީޕީއެމް ޔާމިން ފެކްޝަނުން އިންތިހާބަށް ތައްޔާޜުވުމަށް ދަތިތަކެއް ހުރިކަމަށްބުނެ އިންތިހާބު ފަސްކޮށްދިނުމަށް ސިވިލްކޯޓަށް ހުށަހެޅި މައްސަލަ އެކޯޓުން ބަލައިގެންފައިވާއިރު އިދިކޮޅު އެމްޑީޕީން ވެސް ވަނީ އެމައްސަލައިގެ ތެރެއަށް ވަދެ ފައެވެ.
މިކަމާ ގުޅޭގޮތުން މައުމޫނު ނެރުނު ބަޔާޏެއްގައި ބުނެފައިވަނީ އެޕާޓީއަށް ނިސްބަތްވާ ބަޔަކު ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ ޕާޓީގެ އަމިއްލަ މަސްލަހަތު އިސްކޮށް، އެހެން ހުރިހާ ސިޔާސީ ޕާޓީތަކާ ކެނޑިޑޭޓުންގެ މަސްލަހަތު ގެއްލޭގޮތަށް ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ.
ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގައި ކައުންސިލްގެ އުމުރަކީ ކައުންސިލް އިންތިހާބުވާ ތާރީހުން ފެށިގެން ތިން އަހަރު ދުވަސް ކަމަށާއި އެ އުމުރު ހަމަވުމުގެ 30 ދުވަސް ކުރިން އައު ކައުންސިލް އިންތިހާބު ކުރަންވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށް މައުމޫނު ނެރުއްވި ބަޔާނުގައި ބުނެފައިވެއެވެ.
އެހެންކަމުން އެގާނޫނާއި އެއްގޮތަށް އާ ކައުންސިލް އިންތިހާބު ކުރަން ޖެހޭނީ އަންނަ ޖެނުއަރީ މަހުގެ 27 ގެ ކުރިން ކަމަށް ވެސް މައުމޫނު ނެރުއްވި ބަޔާނުގައި ބުނެފައިވެއެވެ.
އިންތިހާބު ފަސްކޮށްފިނަމަ ގާނޫނީ ހުސްކަމަކަށް ދާނެ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ