ސްކޫލް ކުދިންގެ ކުރެހުމުގެ މުބާރާތުގެ ވަނަތައް ހޮވައިފި

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން އިންތިޒާމު ކޮށްގެން ބޭއްވި ސްކޫލް ކުދިންގެ ކުރެހުމުގެ މުބާރާތުގެ ވަނަ ވަނަ އަށް ދިޔަ ފަރާތްތަކަށް އިނާމް އާއި ހަދާނީ ލިޔުން ހަވާލުކޮށްފި އެވެ.
އާރްޓްސް ގެލެރީގައި ރޭ ބޭއްވި ހަދާނީ ލިޔުމާއި އިނާމް ހަވާލުކުރުމުގެ ހަފްލާގައި ހުރިހާ ސްކޫލަކުން ހުށަހަޅާފައިވާ ކުރެހުންތައް ވަނީ އާންމުންނަށް ދައްކައިލައިފަ އެވެ.
ސްކޫލް ދަރިވަރުން ޕެންޝަނަށް ހޭލުންތެރިކުރުވައި ޕެންޝަނާއި ގުޅޭ ގޮތުން ދަރިވަރުންގެ ކިބައިގައިވާ ހިޔާލުތަށް ކުރެހުމުގެ ސިފައިގައި ދައްކައިދޭނެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ބޭއްވި ކުރެހުމުގެ މުބާރާތުގައި މާލޭގެ ހަ ސްކޫލަކުންނާއި އަތޮޅުތަކުގެ ހަތަރު ސްކޫލަކުން ވަނީ ބައިވެރިވެފައިވެ އެވެ.
އޯގަސްޓް 18 އިން ފެށިގެން ސެޕްޓެމްބަރު 30 އާ ހަމައަށް ކުރިއަށް ގެންދިޔަ އެ މުބާރާތުގައި ތިން ސުރުހީއެއްގެ ދަށުން ކުރެހުން ހުށައަޅައިފައިވެ އެވެ. އެގޮތުން ރިޓަޔާ ކުރުމަށް ފަހު ވެސް ދިރިއުޅުން ހޯދުމާއި ރައްކާކުރާ މަދު އެތިކޮޅު ފަހުން ބޮޑު އެއްޗަކަށް ވެގެން ދިޔުމާއި މިހާރުން ފެށިގެން ދޮށީ އުމުރަށް ތައްޔާރުވުމުގެ އިތުރުން މިހާރުން ފެށިގެން މުސްތަގުބަލް ޕްލޭން ކުރަން ފެށުން ހިމެނެ އެވެ.
އެ ކުރެހުމުގެ މުބާރާތުން ޖަމާލުއްދީން ސްކޫލް ގްރޭޑް 7 އީ ގެ ދަރިވަރު މަރިޔަމް ޔުމްނު ޔޫޝައު ވަނީ މުޅި މުބާރާތުން އެއްވަނަ ހޯދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ