ވިޕްލައިން ނެރުމުގައި އެއްވެސް އެއްބަސްވުމެއް ނުވަން: ގާސިމް

ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަބްދުﷲ ސައީދު އައްޔަން ކުރުމަށާއި އަދި ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުއުތަސިމް އަދުނާން އެމަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ޖުމްހޫރީ ޕާޓީން ފްރީ ލައިން ވިޕެއް ނެރުމަށް އެއްވެސް އެއްބަސްވުމެއް ވެފައި ނޯންނާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުއާއުއެކުވެސް އަދި ޕީޕީއެމްއާއިއެކުވެސް މިވޯޓާއި ގުޅޭ އެއްބަސްވުމެއް ވެފައި ނޯންނާނެ ކަމަށެވެ. އަދި ވިދާޅުވެފައިވަނީ ދެ ފަނޑިޔާރުން ވަކި ކުރުމަށް އޮތް ވޯޓުގައި ޖޭޕީން ފްރީ ލައިން ވިޕެއް ނެރެފައި ވަނީ ސީދާ އެ ޕާޓީގެ ޕީޖީ ގްރޫޕުން މަޝްވަރާ ކުރުމަށް ފަހު ޕީޖީ ގްރޫޕުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ