ހިތަދޫ ޒޯން ސްޓޭޑިއަމް ރަސްމީކޮށް ހުޅުއްވައިދެއްވަނީ ރައީސް މައުމޫން

އޭއެފްސީ ޗެލެންޖް ކަޕަށް ސ. ހިތަދޫ ޒޯން ސްޓޭޑިއަމް މަރާމާތުކުރުމަށް ފަހު އެ ސްޓޭޑިއަމް ހުޅުވަން މާދަމާ ރޭ ބާއްވާ ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ކަމަށް ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނެފި އެވެ.
ކުޅިވަރާ ބެހޭ މިނިސްޓްރީން ބުނީ މާދަމާ ރޭ ހިތަދޫ ޒޯން ސްޓޭޑިއަމް މަރާމާތަށްފަހު ހިތަދޫ ޒޯން ސްޓޭޑިއަމް ހުޅުވަން ބާއްވާ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.
ދަނޑު ހުޅުވުމުގެ ގޮތުން ފުޓްބޯޅަ މެޗެއް ކުޅެންވެސް ކުރިން ރޭވި އެވެ. ނަމަވެސް މުބާރާތުގެ ކުރިން ދަނޑުގެ ވިނަގަނޑު ބޭނުންކުރުން ރަނގަޅުނުވާނެތީ އެ މެޗު ނުކުޅޭ ގޮތަށް ވަނީ ނިންމައިފަ އެވެ
ޒޯން ސްޓޭޑިއަމަށް ގެނައި ބަދަލުތަކުގެ ތެރޭގައި ކުރިން ސްޓޭޑިއަމްގައި ހުރި ސިޑިބަރިއާ ގުޅުވައިގެން ދެ ފަރާތުން ސިޑިބަރި ބޮޑުކުރުމާއި ސިޑި ބަރީގެ ދަށުގައި ހަދަން ޖެހޭ ބައިތައް ހެދުމާއި ދަނޑުގެ ވަށައިގެން ފެންސް ޖެހުމުގެ އިތުރަށް ސްޓޭޑިއަމްގައި ޒަމާނީ ފެންވަރުގެ ލައިޓިންގް ސިސްޓަމެއް ހަރުކުރުން ހިމެނެ އެވެ.
ގްރޫޕް ބީ ގެ މެޗުތަށް ހިތަދޫ ޒޯން ސްޓޭޑިއަމްގައި ކުޅޭއިރު މި ގްރޫޕްގައި ހިމެނޭ އަފްގާނިސްތާންގެ ގައުމީ ޓީމް ވަނީ ރޭގެ ވަގުތެއްގައި އައްޑޫއަށް ގޮސްފަ އެވެ. އެ ގްރޫޕްގައި ދެން ހިމެނޭ އަނެއް 3 ޓީމް ކަމަށްވާ ތުރުކުމެނިސްތާން،ފިލިޕީންސް އަދި ލާއޯސްގެ ގައުމީ ޓީމް އައްޑޫއަށް ދަނީ މިރެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ