ނ. ހެނބަދޫ ބަނދަރު ހެދުމަށް ބަޔަކު ހޯދުމަށް ހުޅުވާލައިފި އެވެ.
ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މިކަން ކުރިއަށްދާނީ ބިޑް އުސޫލުން ކަަމަށެވެ. މިކަމަށް އެދި ހުށައަޅަންޖެހޭ ބިޑިން ޑޮކިޔުމެންޓްތަކާއި އެހެނިހެން ޑޮކިޔުމެންޓްތައް މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އިއުލާންގައިވެ އެވެ.
ބަނދަރު ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު މިހިނގާ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އަންނަ މެއި މަހުގެ ހަތްވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށް އިއުލާންގައިވެ އެވެ. މިކަމާ ގުޅޭ އިތުރު މައުލޫމާތު ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށްވެސް އެމިނިސްޓްރީން ބުނެ އެވެ.
ހެނބަދޫގައި ބަނދަރެއް ނެތުމުގެ ޝަކުވާއަކީ އެރަށުގެ ރައްޔިތުން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން މިއަހަރުގެ ބަޖެޓުގައި ސަރުކާރުން ވަނީ މިމަޝްރޫއަށް ވިހި ޕޮއިންޓު ފަހެއް މިލިއަން ރުފިޔާ ހިމަނާފަ އެވެ.
މިމަޝްރޫގެ އިތުރަށް ތަފާތު އެހެން ބައެއް މަޝްރޫއުތައް ވެސް މިސަރުކާރުން މިހާރު ވަނީ ފަށާފަ އެވެ މީގެތެރޭގައި ހެނބަދޫގައި ފެނުގެ ނިޒާމު ގާއިމް ކުރުމަށްވެސް ވަނީ އިއުލާންކޮށް އެމަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފަ އެވެ.
ހެނބަދޫ ބަނދަރު ހެދުމަށް ބަޔަކު ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ