ހޮޓާ ރެސްޓޯރެންޓު ކެފޭތައް ހުޅުވާފައި ބެހެއްޓޭ ގަނޑިއަށް ބަދަލުގެ ގެނެސް ލުއިދީފި

މާލެ އާއި ހުޅުމާލެ އާއި ވިލިނގިއްލި އަދި ތިލަފުށްޓާއި ގުޅީފަޅުގައި ހިންގާ ކެފޭ އާއި ހޮޓާ / ރެސްޓޯރަންޓް ފަދަ އާންމުންނަށް ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަނުން ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ފިޔަވައި އެހެން ހިދުމަތް ރޭގަނޑު 8 އިން ފެށިގެން ހުއްޓާލަން އެޗްޕީއޭއިން އެންގި އެންގުން މިއަދު ބާތިލުކޮށްފި އެވެ.ރޭގަނޑު 8:00 އިން ފެށިގެން މާލެ ސަރަހައްދުގައި ހިންގާ ހޮޓާ، ކެފޭ އަދި ރެސްޓޯރެންޓްތަކުން ޓޭކްއަވޭއާއި ޑެލިވަރީ ފިޔަވައި އިތުރު ހިދުމަތްތައް ދިނުން ހުއްޓާލަން އެޗްޕީއޭއިން އެންގި އެންގުމުގެ މުއްދަތު ހަތަރު ދުވަހަށް އިތުރު ކުރީ ރޭގަ އެވެ.ނަމަވެސް މިއަދު އާންމުކުރި އެންގުމުގައި ބުނީ، އެ އެންގުން މިހާރު ބާތިލްކޮށްފައިވާ ކަމަށެވެ.އެޗްޕީއޭއިން މިއަދު ނެރުނު އެންގުމެއްގައި ބުނެފައިވަނީ މިހާރު ކާބޯތަކެތީގެ ޚިދުމަތް ފޯރުކޮށްދޭ ތަންތަން ރޭގަނޑުގެ 10.30އާ ހަމައަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. އަދި އެ އެންގުމުގައި ބުނެފައިވަނީ މި ފިޔަވަޅުތަކަށް މިއަދުން ފެށިގެން އަމަލުކުރާނެ ކަމަށެވެ.ކޮވިޑް ޖެހޭ މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެ ރާއްޖޭގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ މީގެ ކުރިންވެސް ވަނީ ވަރުގަދަ ކޮށްފައެވެ. އެގޮތުން ހަވީރު ހަޔަކުން ހެނދުނު ހަޔަކަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ. ފާއިތުވި މަހެއްހާ ދުވަހުގެ ތެރޭގައި، ހާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް އިތުރުވެފައިވާތީ، ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް މި މަހުގެ ދެވަނަ ދުވަހުވެސް ވަނީ ވަރުގަދަ ކޮށްފައެވެ. މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ރޭގަނޑު 12 އިން ފެށިގެން ފަތިހު ހަތަރަކަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަަށް ނިކުމެ އުޅުން ވަނީ މަނާކޮށްފަ އެވެ. ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑް އެންމެ ބޮޑަށް އޮތީ މާލޭގައި ކަމަށް ވިޔަސް، އަތޮޅު ތެރޭގެ ބައެއް ރަށްތަކުން ވެސް އެ ބަލީގެ ކޭސްތައް މިހާރު ދަނީ ފެންނަމުންނެވެ. އެގޮތުން ހއ. ބާރަށާއި ރ. އުނގޫފާރު އަދި ދ. ކުޑަހުވަދޫން ވެސް ވަނީ ކޭސްތައް އަލަށް ފެނިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ