ކުރީގެ ރައީސް އަބްދުﷲ ޔާމީން މާލެ ގެނެސްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމް މާލެ ގެނެސްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޔާމީން މިވަގުތު ހުންނެވީ ޝަހީދު ހުސެއިން އާދަމް ބިލްޑިންގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ރައީސް ޔާމީން މާލެ ގެނެސް ފުލުހަށް ގެންދެވުނީ ބަޔާނެއްގައި ސޮއިކުރުމަށެވެ. މިކަމުގެ ތަފްސީލް އަދި މިހާތަނަށް ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް އެމަނިކުފާނެ މައްޗަށް އިތުރު ތަހުގީގެއް ހިންގަން އުޅޭކަން އަންގާފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.
ރޯދަމަސް ފެށުމުގެ ކުރިން އެމަނިކުފާނުގެ ގެއަށް ބަދަލުކޮށްދިނުމަށް އެދި އާއިލާއިން ވެސް ވަނީ ހޯމް މިނިސްޓްރީގައި އެދިފައެވެ. އަދި އިދިކޮޅު ކޯޅިޝަނުން ވަނީ އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދި ރައީސް ސާލިހް އާއިވެސް ބައްދަލުކޮށްފައެވެ. ރައީސް ވިދާޅުވެފައިވަނީ ރައީސް ޔާމީން އަށް ދެރަ ގޮތެއް ނުވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ