މޫސުން ވަރަށް ބޮޑަށްގޯސް ވެއްޖެ. ކުރިއަށް އޮތީވެސް ވިއްސާރަ!

މިހާރު ކުރަމުންދާ ވިއްސާރައިގާ މޫސުން އިތުރަށް ވަރަށްބޮޑަށް ގޯސްވަމުން ދާކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް )އޮފީހުން ބުނެފިއެވެ.
އެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރާއްޖޭގެ ހުޅަނގުއުތުރުން، އިރުދެކުނު އަރަބިކަނޑުގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށްއޮތް 24 ގަޑިއިރުތެރޭގައި ބާރުގަދަ ކޮޅިގަނޑަކަށް ބަދަލުވެ އަދި އޭގެފަހުން ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބައޮތް ކަމަށާއި، ލަފާކުރެވޭގޮތުގައި މިކޮޅިގަނޑު ޖެހެމުން ދާނީ އުތުރު ހުޅަނގު އުތުރަށް ރާއްޖެއާއި ދުރަށްކަމަށާއި، މި ކޮޅިގަނޑާއި ގުޅިގެން ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނައަދަދަކަށް ބޯ ވިއްސާރަ ވިލާ ދަނީ އުފެދެމުން ކަމަށްވެސް ވަނީ ބުނެފައެވެ.
ކުރިއަށް އޮތް ތިން ދުވަހުވެސް ރާއްޖޭގެ ސަރަހައްދުގައި ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭ ވައިގަދަވެ ކަނޑުތައް ވަރަށް ގަދަވާނެކަމަށް ލަފާކުރެވޭކަމަށާއި، އާންމު ގޮތެއްގައި ގަޑިއަކު 13 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ބެލެވޭއިރު ވިލާގަނޑުގައި ގަޑިއަކު 50 މޭލާއި 60 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވާނެކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހި އުދައިގެ އަސަރު ކުރުންވެސް އެކަށީގެންވާކަމަށްވެސް މެޓުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ