އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ހުއްޓާނުލާނަން: ރައީސް ނަޝީދު

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީން ހުއްޓާނުލާނެ ކަމަށް އެޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ.
މަސައްކަތްތެރީންނަށް އެންމެ ކުޑަ އުޖޫރަ ކަނޑައަޅައިދިނުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވަޢުދުފުޅެކެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަސައްކަތްތެރީންގެ ޙައްޤުގައި އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމުން ލިބެންޖެހޭ ސާވިސް ޗާޖު ކަށަވަރު ކޮށްދީފައިވާއިރު، މިނިމަމް ވޭޖުވެސް ކަނޑައެޅުން ހުއްޓާ ނުލައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ