ޤާސިމްއާ ވެރިކަން ހަވާލުކުރުމާ މެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ކުއްލި ޤައުމީ މަޖިލިސް ހަވީރު ބާއްވަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާ ރާއްޖޭގެ ވެރިކަން ވަގުތީ ގޮތުން ހަވާލުކުރުމަށް ފެނިވަޑައިގަންނަވާ ކަމަށާއި، މިކަމާ ބެހޭގޮތުން އެމްޑީޕީއިން ގޮތެއް ނިންމުމަށް އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް މިއަދު ހަވީރު ބާއްވަން ނިންމައިފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޚާއްސަ ކުއްލި ޖަލްސާއެއް މިއަދު ހަވީރު 16:00 ގައި މާލެ ސިޓީ ހޯލްގައި އޮންނާނެ ކަމަށެވެ.
ރާއްޖޭގެ ވެރިކަން ޤާސިމް އިބްރާހީމާ ހަވާލު ކުރުމަކީ މިވަގުތު ރާއްޖެއަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވިދާޅުވެ، އެކަމާ ބެހޭގޮތުން އެމްޑީޕީއިން ގޮތެއް ނިންމުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވައިދިނުމަށް އެދި ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ޗެއަރޕާސަން އަލީ ވަހީދުގެ އަރިހުން އެދިވަޑައިގެންފައި ވަނީ ސިޓީއެއް މެދުވެރިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ