ހއ. ދިއްދޫ އަދި ނ. ކެނދިކުޅުދޫގައި އަލުން ކަރަންޓް ކޭބަލް އެޅުމަށްޓަކައި ކޭބަލް ގަތުމަށް ބަޔަކާއި ހަވާލުކޮށްފި އެވެ.
ފެނަަކަ ކޯޕަރޭޝަންގައި މިއަދު މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައި ކޭބަލް ގަތުމަށް ހަވާލުކޮށްފައިވަނީ ލަންކާގެ ކުންފުންޏެއް ކަމުގައިވާ އިލެކްޓްރޯ މެޓަލް ޕްރަސީން ކުންފުންޏަށެވެ.
ކޭބަލް ގަތުމަށް 4.2 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހަމަޖެހިފައިވާއިރު 30 ދުވަހުގެ ތެރޭގައި ކޭބަލް ރާއްޖެއަށް ގެންނަން ޖެހެ އެވެ.
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް ވިދާޅުވީ މިއަދު ގަންނަން ހަވާލުކުރި ކޭބަލްތައް ލިބުމުން ދިއްދޫއާއި ކެނދިކުޅުދޫގެ ކަރަންޓް ކޭބަލް އަޕްގްރޭޑް ކުރެވި ކަރަންޓް ލިބުން ދަތި ސަރަހައްދުތަކަށް ޓްރާންސްފޯމަރުތައް ބަހައްޓައިގެން ކަރަންޓް ލިބޭނެ ގޮތް ހަދައިދޭނެ ކަމަށެވެ.
ޝަރީފް ވިދާޅުވީ ދިއްދޫގެ މަގުތައް ތާރުއަޅައިގެން ހެދުމަށް ނިންމާފައިވާތީ އެމަސައްކަތް ނިމުމުން މަގު ކޮނެ ހެދުމަކީ ފަސޭހަ ކަމަކަށް ނުވާނެތީ ދިއްދޫގައި ކޭބަލް އެޅުން އަވަސްކުރާނެ ކަމަށެވެ.
މިމަޝްރޫއު ނިމުމުން ދިއްދޫގައި 2300 މީޓަރުގެ އެލްޓީ ނެޓްވޯކެއް ގާއިމުކުރެވިގެންދާނެ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.
ދިއްދޫ އާއި ކެނދިކުޅުދޫގެ ކަރަންޓް ކޭބަލް ނެޓްވޯކަށް ބޭނުންވާ ކޭބަލް ގަތުމަށް ބަޔަކާ ހަވާލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ