ގާނޫނީ ގޮތުން ޑީއާރުޕީގެ މެމްބަރު ކަމުން އުމަރު ނަސީރު ވަކިކޮށްފައިވާ ކަމަށް ގަބޫލު ކުރާ ކަމަށް ޝަރީއަތުގެ މަޖިލީހުގައި ބުނެފައި ނޯންނާނެ ކަމަށް އުމަރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު ޑީއާރްޕީން ވަކިކޮށްފައި ވަނީ އަސާސީ ގަވާއިދާ ހިލާފަށް ކަމަށް ބުނެ، އެ ޕާޓީގެ މައްޗަށް އުފުލާފައިވާ ދައުވާއާ ގުޅިގެން ޑީއާރްޕީން ފާހަގަކޮށްފައިވާ އިޖުރާއީ ނުކުތާއާ މެދު ސިވިލް ކޯޓުން ނިންމި ނިންމުމާ ގުޅިގެން ހައިކޯޓަށް މިހާރު ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމުގައި އުމަރު ވަކާލާތު ކުރަމުން "ގާނޫނީ ގޮތުން އަޅުގަނޑު ވަކިވެފައިވާ ކަމަށް ގަބޫލުކުރާ ކަމަށް،" އުމަރު ވިދާޅުވެފައިވާ ކަމަށް މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވާތީ އެކަން ދޮގުކޮށް އުމަރު ވަނީ އިއްޔެ ނޫސްބަޔާނެއް ނެރެފަ އެވެ.
އުމަރު ވިދާޅުވީ އެގޮތަށް ވިދާޅުވެފައިނުވާނެ ކަމަށާއި އަދި އޭނާ ޑިއާރުޕީން ވަކިކުރީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށް ގަބޫލު ކުރާ ގޮތަށް އެއްވެސް ވާހަކައެއް ބުނެފައި ނުވާނެ ކަމަށެވެ.
އަދި އުމަރު ވަކާލު ކުރީ ޑީއާރުޕީގެ ފަރާތުން އޭނާގެ ނަން އިލެކްޝަންސް ކޮމިޝަނަށް ފޮނުވާ އެ ކޮމިޝަންގެ ދަފްތަރުން ނަން އުނިކޮށްފައިވާތީ ގާނޫނީ ގޮތުން ވަކިވެފައިވާ މީހެއް ކަމަށް ޑީއާރުޕީ ދެކޭ މީހެއްގެ މައްސަލަ އިސްތިއުނާފް ކުރެވޭނެ ޑީއާރުޕީގެ ގުނަވަނެއް ނޯންނާނެ ކަން ބުނެދިނުމުގެ ގޮތުން ކަމަށް އުމަރު ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
އެ ބަޔާނުގައި އަދި ބުނެފައި ވަނީ ޑީއާރުޕީގެ އެތައް ސަތޭކަ މެމްބަރުންގެ ވޯޓުން އިންތިޚާބު ކޮށްފައިވާ އެ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ މަގާމު ގާނޫނީ ހަމަތަކުގެ ތެރެއިން އަނބުރާ ހޯދުމަށް ކުރަމުންގެންދާ މަސައްކަތް ކާމިޔާބު ކުރާނެ ކަމަށެވެ.
ގާނޫނީ ގޮތުން އުމަރު ޕާޓީން ވަކިވިކަމަށް ބުނެ ފެތުރި އަޑު އޭނާ ދޮގުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ