އަބްދުﷲ ދީދީ މަގާމުން ވަކިކުރަން މަޖިލީހުން ފާސްކޮށްފި

ސްޕްރީމް ކޯޓުގެ ފަނޑިޔާރު މަގާމާުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ކްރިމިނަލް ކޯޓުގައި ކުރިން މަސައްކަތް ކުރެއްވި ފަނޑިޔާރު އަބްދުﷲ ދިދީ ވަކިކުރަން މަޖިލިހުން ނިންމީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 72 މެމްބަރުންގެ އިއްތިފާގުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ފަނޑިޔާރު އަބްދުﷲ ދީދީއަށް ވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި ޖޭއެސްސިއަށް މައްސަލަ ހުށަހެޅުމުން  އޭނާ ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އޭނާގެ މައްޗަށް ޖޭއެސްސީ އިން ހިންގި ހިންގި ތަޙްޤީޤަކީ ބާތިލް ތަޙްޤީޤެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެހެންނަމަވެސް އެ މައްސަލަ ބަލަމުން ދަނިކޮށް ޢަބްދުﷲ ދީދީ ވަނީ ޖުލައި މަސްތެރޭގައި ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރާ ވަޑައިގަނެފައެވެ.
މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލިސް މެންބަރުން ވިދާޅުވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޢަބްދުﷲ ދީދީ ވަކިކުރުމަކީ ޝަރުޢީ ދާއިރާ އިސްލާހު ކުރުމަށް އެޅޭނެ އެންމެ ފުރަތަމަ ފިޔަވަޅު ކަމަށެވެ.
ސްޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމުން ޢަބްދުﷲ ދީދީ ވަކިކުރައްވާފައި ވާއިރު މީގެ ކުރިން ޢަބްދުﷲ ދީދީ ވަނީ ކްރިމިނަލް ކޯޓް އަދި ހައި ކޯޓްގެ އިސް ފަނޑިޔާރު ކަމުގެ މަގާމުގައި ހުންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ