މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު ލަންކާގެ 7 މަސްދޯންޏަކަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދެމުން އެބަދައެވެ.
އެމްއެންޑީއެފްއިން މިއަދު ކުރެއްވި ޓްވީޓެއްގައި . ވިދާޅުވީ ވިދާޅުވީ، އިހަވަންދިއްޕޮޅާ ދިމާލުން ބައިނަލްއަގުވާމީ ކަނޑުގެ ސަރަހައްދުގައި ދަތުރު ކުރަމުން ދަނިކޮށް މޫސުން ގޯސްވެ ކޮޅިގަނޑެއްގައި ޖެހުނު މަސްބޯޓު ތަކަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި މޫސުން ގޯސްވުމުން ހާލުގައި ޖެހިފައިވަނީ ލަންކާގެ 7 މަސްދޯންޏެކެވެ.
އަދި އެ ބޯޓްތަކުން އެހީތެރި ކަމަށް އެދުމުން ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ ހުއްދަ ދީފައިވާ ކަމަށްވެސް އެމްއެންޑީއެފްއިން ވިދާޅުވިއެވެ.\
މޫސުން ގޯސްވުމުގެ ސަބަބުން ހާލުގައި ޖެހުނު 7 މަސްދޯންޏަކަށް އެމްއެންޑީއެފް އިން އެހީތެރިކަން ފޯރުކޮށްދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ