ހެނބަދޫ ބަނދަރު ހަދައިދޭނެ ބަޔަކު ހޯދަނީ

ނ. ހެނބަދޫ ބަނދަރު ހަދައިދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފިއެވެ. ފިނޭންސް މިނިސްޓްރީ އިން ކުރި އިއުލާނެއްގަައި ބުނީ ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ އެދުމުގެ މަތިން ޑިޒައިން އެންޑް ބިލްޑް އުސޫލުން ހެނބަދޫގައި ބަނދަރު ތަރައްގީކޮށްދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. ނ. ހެނބަދޫ މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން 150،000 ރުފިޔާ ނުވަތަ އެއާ އެއްވަރުގެ އަދަދަކުން ބިޑް ސެކިޔުރިޓީގެ ގޮތުގައި ޑޮލަރު ހުށަހަޅަންޖެހެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ. މި މަސައްކަތް ކުރާނެ ބަޔަކު ހޯދާނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން އުސޫލުގެ ދަށުންކަމަށް ފިނޭންސް އިން ބުންޏެވެ. ބީލަމުގައި ބައިވެރުވުމަށް 1500 ރުފިޔާގެ ނަން ރިފަންޑަބްލް ފީއެއް ދައްކަން ޖެހެއެވެ. ބިޑު ހުޅުވުން އޮންނާނީ މެއި މަހުގެ އަށްވަނަ ދުވަހު އެވެ. ހެނބަދޫގައި ލަފާފުރުމުގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. ރަށުގެ ރައްޔިތުން ލަފާފުރުމަށް ބޭނުންކުރަނީ ރަށުގެ ދެފަރާތުގައި ހަދާފައިވާ ދެ ޖެޓީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ