ސޮފްވާން ބްރޮޑްކޮމުންގެ މެމްބަރު ކަމުން އިސްތިއުފާ ދެއްވައިފި

ބްރޮޑްކާސްޓިންގް ކޮމިޝަންގެ މެމްބަރުކަމުން އިސްމާއީލް ސޮފްވާން އިސްތިއުފާ ދެއްވައިފިއެވެ
ސޮފްވާންގެ އިސްތިއުފާ ސިޓީ ލިބިފައިވާ ކަން ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ވަނީ ކަށަވަރުކޮށްދީފައެވެ. އޭނާ އިސްތިއުފާ ދެއްވާފައި ވަނީ ބްރޯޑްކޮމްގެ މެމްބަރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމާފައި ވަނިކޮށެވެ.
އޭނާ ވަކިކުރަން މަޖިލީހުގެ ކޮމިޓީން ނިންމީ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވައި ހަ މަސް ވަންދެން މުސާރަ ނަންގަވަމުން ދިޔަ މައްސަލައިގަ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ބަދަލުވުމާ އެކު އޭނާ ވަޒީފާއަކަށް ނުނިކުންނަވަ އެވެ.
މަގާމުގެ ޒިންމާ އަދާކުރެއްވުމަށް ނުކުޅެދިފައިވާ ކަމަށް ނިންމައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ވެސް މަގާމުން ވަކިކުރަން ކޮމިޓީން ނިންމައިފައިވަނިކޮށް އޭނާ ވެސް ވަނީ އިސްތިއުފާގެ ސިޓީ ރައީސް އޮފީހަށް ފޮނުވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ