އެމެރިކާގެ އިތުރު ސިފައިން މެދު އިރުމައްޗަށް

އެމެރިކާ އާއި އިރާނާއި ދެމެދުގެ މައްސަލަތައް ހޫނުވެފައިވާ ދަނޑިވަޅެއްގައި އަނެއްކާވެސް އެމެރިކާއިން މެދު އިރުމައްޗަށް 1500 ސިފައިން ފޮނުވައިފި އެވެ.
ރައީސް ޑޮނާލްޑް ޓްރަމްޕް ހުކުރު ދުވަަހު ޖަޕާނަށް ކުރެއްވި ދަތުރުފުޅުގެ ކުރިން ވައިޓް ހައުސްގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ މި ފަހަރު ފޮނުވި 1500 ސިފައިންނަކީ މިހާރު ވެސް މެދު އިރުމަތީގައި ހަރަކާތްތެރި ވަމުންދާ އެމެރިކާ ސިފައިންނަށް ރައްކާތެރިކަން އިތުރުކޮށްދޭން ފޮނުވާ ސިފައިން ކަމަށެވެ.
"އަހަރެމެން އެބަ ބޭނުންވޭ މެދު އިރުމަތީގަ ސަލާމަތްތެރިކަން. މި ފޮނުވަނީ ވަރަށް މަދު އަދަދެއްގެ ސިފައިން. އަހަރެން ގަބޫލެއް ނުކުރަން އިރާނުން ތަޅާފޮޅަން ބޭނުންވާ ކަމަކަށް. އަދި ވަކިން ގަބޫލު ނުކުރެވޭނެ އިރާނުން އެމެރިކާއާ ތަޅާފޮޅަން ބޭނުން ވާނެކަމަށް،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕް ވަނީ އެމެރިކާގެ ކޮންގްރެސްއަށް އިރާން ސަރަހައްދަށް އިތުރު ސިފައިން ފޮނުވުމުގެ ޕްލޭނެއް ވެސް ފޮނުއްވާފަ އެވެ. އޭޕީ ނިއުސް އެޖެންސީން ބުނާ ގޮތުގައި އެ ސަރަހައްދަށް ފޮނުވާ ގާތްގަނޑަކަށް 1500 ސިފައިންގެ މީހުން ހަރަކާތްތެރި ވާނީ ދެން ތިބި ސިފައިންނަށް ހިމާޔަތް ދޭށެވެ.
އިއްޔެ ޕެންޓަގަންއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ އޮފިޝަލަކު ވިދާޅުވެފައި ވަނީ އެ ގައުމުން ސީރިއާއަށް ވެސް އިތުރު 900 ސިފައިން ފޮނުވަން ވިސްނާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ