މި ދައުރަށް މަޖިލީހުގެ މެމްބަރުން ހުވާ ކުރެއްވިއިރު އުމްރާއަށް ވަޑައިގެން އުޅުއްވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ މަޖިލިސް މެމްބަރު ކަމުގެ ހުވާ މިއަދު ކުރައްވައިފި އެވެ.
ތިން ވަނަ ދައުރަކަށް ޕީޕީއެމްގެ ރިޒާ މެމްބަރުކަމުގެ ހުވާ ކުރެއްވިއިރު، ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. މަޖިލީހުގައި ބޭއްވި އެ ހަފްލާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.
19ވަނަ ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާއަށް އިންތިޚާބުވެވަޑައިގެންނެވި އަލްއުސްތާޛު އިބްރާހީމް ރިޟާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާކުރައްވައިފި pic.twitter.com/dtCXyZvJXe— People's Majlis (@mvpeoplesmajlis) June 10, 2019
ރިޒާ ހުވާ ކުރެއްވުން--ގާނޫނީ ވަކީލް، ރިޒާ ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރުކަން، އެންމެ ފަހުން އޮތް މަޖިލިހުގެ ބޮޑު ބައެއްގައި، ކުރައްވައިފަ އެވެ.
އާ މަޖިލިސްގެ މެމްބަރުން ހުވާކުރެއްވީ މިދިޔަ މަހު 28 ވަނަ ދުވަހުގެ ރޭގަ އެވެ. މެމްބަރު ކަމުގެ ހުވާކުރެއްވީ މަޖިލިސް ކުރާ ގޭގައި ބޭއްވި ރަސްމިއްޔާތުގަ އެވެ.
މަޖިލިހުގެ އިންތިހާބުގައި ސަރުކާރު ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީން ވަނީ 65 ގޮނޑި ނަގައިފަ އެވެ. މިއީ، އެއް ޕާޓީއަކުން މިހާ ގިނަ އަދަދެއްގެ ގޮނޑިތަކެއް ނެގި ފުރަތަމަ ފަހަރެވެ.
މަޖިލިސް މިހާރު ބެހިފައި އޮތް ގޮތަށް ބަލާ އިރު، އިދިކޮޅު ޕީޕީއެމްގެ ފަސް މެމްބަރުން، ކޮންގްރެސް ޕާޓީގެ ތިން މެމްބަރުން، ޖުމްހޫރީ ޕާޓީގެ ފަސް މެމްބަރުން ތިއްބަވަ އެވެ. އޭގެ އިތުރުން އެމްޑީއޭގެ ދެ މެމްބަރަކު މަޖިލިހަށް ހޮވިވަޑައިގެންނެވި އެވެ. އާ މަޖިލިހުގައި މިނިވަން މެމްބަރުންގެ ގޮތުގައި ތިއްބަވަނީ ހަތް ބޭފުޅެކެވެ.
މެމްބަރު ރިޒާ ހުވާކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ