އިސްރާއީލުގެ އަނިޔާވެރި ސިފައިން ބަޑިޖަހައި ފަލަސްތީނުގެ ޒުވާނަކު މީގެ ކުޑައިރުކޮޅެއް ކުރިން ޝަހީދު ކޮށްލާފައެވެ.
ޢައްޒާގައި ހަރަކާތްތެރިވަމުންދާ "ވަގުތު" ގެ ނޫސްވެރިޔާ ރިޕޯޓް ކުރި ގޮތުގައި އުމުރުން 28 އަހަރުގެ މުހައްމަދު އަލް އަދުހަމް ގަޔަށް އިސްރާއީލުގެ ސިފައިންގެ ހަމަލާގެ ސަބަބުން ލިބުނު ޒަހަމުތަކަށް ފަރުވާ ދެމުން ދަނިކޮށް މިހާރު އޭނާ ޝަހީދު ވެއްޖެ ކަމަށް އައްޒާގެ ހެލްތް މިނިސްޓްރީން ބުނެފައިވާކަމަށެވެ.
މުހައްމަދު އަލް އަދުހަމް ގަޔަށް އިސްރާއީލުގެ ސިފައިން ބަޑިޖެހީ އުތުރު އައްޒާގެ ބައިތް ހަނޫނުގަ އެވެ.
އިސްރާއީލުން ފަލަސްތީނުގެ ޒުވާނަކު ޝަހީދު ކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ