ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ ހުޅުވާލެވިފައިވާ ތަހުގީގު އަޑުއެހުން އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.
ޖޭއެސްސީން މިރޭ ކުރި ޓުވީޓެއްގައި ބުނީ ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްޗަށް ހުށަހެޅިފައިވާ ދެ ސުލޫކީ މައްސަލައިގެ ހުޅުވާލެވިފައިވާ ތަހުގީގު އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.
އެ ތަހުގީގު އަޑުއެހުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހުގެ މެންދުރު 1:45ގައި ޕޯސްޓް ބިލްޑިން ހަވަނަ ފަންގިފިލާގައި ހުންނަ ޖޭއެސްސީގައެވެ.
ހަސަން ސައީދުގެ މައްޗަށް ހުށަހެޅިފައިވާ ސުލޫކީ މައްސަލަތަކަކާ ގުޅިގެން ޖޭއެސްސީން އޭނާ ސަސްޕެންޑްކޮށްފައިވާ އިރު، ހުޅުވާލައިގެން އަޑުއެހުން ކުރިއަށްގެންދަން ޖޭއެސްސީން ނިންމާފައިވަނީ އޭނާ އެގޮތަށް އެދިވަޑައިގެންފައިވާތީއެވެ.
ގާޒީ ހަސަން ސައީދުގެ ހުޅުވާލެވިފައިވާ އަޑުއެހުން އަންނަ އާދީއްތަ ދުވަހު ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ