ކ ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދު ސަސްޕެންޑް ކޮށްފިއެވެ.
ޖުޑީސަލް ސާވިސް ކޮމިޝަނުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނުގެ ޑިރެކްޓަރު ހަސަން ޒަހީން ވިދާޅުވީ، ރާގިބު ސަސްޕެންޑްކުރީ ކ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްގެ މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު އޭނާ މަސައްކަތަށް ނިކުމެ އުޅުމަކީ ތަހުގީގަށް ހުރަސްއެޅިދާނެ ކަމެއް ކަމަށް ފެންނާތީ ކަމުގައެވެ.
މީގެ އިތުރުން ރާގިބްގެ ތަހުގީގުގެ ތެރެއިން ޖިނާއީ މައްސަލަތަކެއް ފާހަގަވެގެން އެކަންކަން ބަލައި ދިނުމަށް ފުލުހުންނަށް ހުށަހަޅާފައިވާކަމަށްވެސް ޖޭއެސްސީން ބުނެއެވެ.
މީގެ އިތުރުން އިތުރު ފަސް ފަނޑިޔާރެއްގެ މައްސަލަ މިހާރު ބެލުމަށް ނިންމާފައިވާކަމަށް ޖޭއެސްސީންވަނީ ބުނެފައެވެ.
ޖޭއެސްސީން ބުނީ ބަލަން ނިންމާފައިވަނީ ޑްރަގް ކޯޓްގެ ގާޒީ އާދަމް އާރިފްގެ މައްސަލައާއި ޏ ފުވައްމުލަކު ކޯޓުގެ މެޖިސްޓްރޭޓް ހުސައިން ރަޝީދުގެ މައްސަލައާއި ގއ ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީގެ މައްސަލައާއި ކ. ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓް އައިނާން އަލީގެ މައްސަލައާއި ރ. މާކުރަތު ކޯޓުގެ މެޖިސްޓްރޭޓް އަދުނާން ހުސައިންގެ މައްސަލަ ކަމުގައެވެ.
މީގެތެރެއިން އާދަމް އާރިފަކީ ކުރިން ކްރިމިނަލް ކޯޓްގެ ގާޒީކަން ކުރެއްވި ބޭފުޅެކެވެ.
ގާޒީ ރާގިބު ސަސްޕެންޑް ކޮށްފި، އާދަމް އާރިފްގެ މައްސަލަ ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ