ސުޕްރީމް ކޯޓުގެ ބަގީޗާ ގަސްތައް ބަލަހައްޓާދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

ސުޕްރީމް މިކޯޓުގެ ބަގީޗާ ގަސްތައް ދެ އަހަރު ދުވަހުގެ މުއްދަތައް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް އެކޯޓުން އިއުލާން ކޮށްފިއެވެ.
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 01 ޖުލައި ވާ ހޯމަ ދުވަހުގެ 11:30 އަށް ސުޕްރީމް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 ޖުލައި ވާ އާދީއްތަ ދުވަހުގެ 11:30 އަށް މި ކޯޓަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ސުޕްރީމް ކޯޓުން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވެފައިވެއެވެ.
ސުޕްރީމް ކޯޓު ހިންގަމުން އަންނަނީ ކުރީގެ ރިޔާސީ ގަނޑުވަރު ތިމޫގޭގައެވެ. އެއީ ކުރިން ފެށިގެން ވެސް ބަގީޗާއެއް އޮންނަ އިމާރާތެކެވެ.
ސުޕްރީމް ކޯޓުގެ އިމާރާތެއް އަޅަން ކުރީގެ ރައީސް ވަހީދުގެ ވެރިކަމުގައި އަދި ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ވެސް ސުޕްރީމް ކޯޓުން ސަރުކާރާއި މަޝްވަރާ ކުރިއެވެ. ނަމަވެސް އަދިވެސް ސުޕްރީމް ކޯޓުގެ އިމާރާތެއް އެޅުމަށް ބިމެއް އޮތީ ހަމަނުޖެހިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ