ބޮޑީސްޕްރޭ ފުޅިތަކެއް ވަގަށް ނެގި ކަމަށް އެއްބަސްވި މީހަކު ކޯޓުން ދޫކޮށްލައިފި

ފިހާރައަކުން ބޮޑީސްޕްރޭ ފުޅިތަކެއް ވަގަށް ނެގި ކަމަށް އެއްބަސްވި މީހަކު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.
އޭނާ ދޫކޮށްލަން ކްރިމިނަލް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން, ހއ. ހޯރަފުއްޓަށް އުފަން އުމުރުން 44 އަހަރުގެ އެ މީހާ ބޮޑީސްޕްރޭ ފުޅިތަކެއް ވަގަށް ނަގާފައި ވަނީ ގޯލްމާޓް ނަމަކަށް ކިޔާ ފިހާރައަކުންނެވެ. ނަމަވެސް އެއީ ކިތައް ބޮޑީސްޕްރޭ ފުޅިތަކެއް ނޭނގެ އެވެ.
ގާޒީ ހަސަން ސައީދު ނެރުއްވި އެ އަމުރުގައި ބުނެފައި ވަނީ, އޭނާ ބަންދުގައި އިތުރަށް ބެހެއްޓުމުގެ ބޭނުމެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައިގައި އޭނާ ވައްކަން ކުރި ކަމަށް މުއްދަތު މަޖިލީހުގައި އިއުތިރާފުވެ އެއްބަސްވެފައިވާ ކަމަށް ބުނެފައިވެ އެވެ.
އޭނާ ދޫކޮށްލާފައި ވަނީ ޝަރުތުކުރުމަށްފަހު އެވެ. ޝަރުތުކުރީ ކޮން ކަންތައްތަކަކަށް ކަމެއް އަދި ސާފެއް ނުވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ