ރައީސް ޞާލިހުގެ ކެމްޕޭނަށް މިއަދު ހަވީރު ހުޅުމާލޭގައި ދޮރުން ދޮރަށް ހިންގަވަނީ

ކުރިއަށް އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު، ހުޅުމާލޭގައި ދޮރުން ދޮރަށް ކެމްޕޭން އަށް މިއަދު ހިންގަވާނެ ކަމަށް އެމަނިކުފާނުގެ ކެންޕެއިން ޓީމުން ބުނެފިއެވެ.
މިއަދު ހަވީރު 3:30 ގައި މި ކެންޕެއިން ފައްޓަވާނީ ޗަނބޭލި 9 ގޯޅިންނެވެ.
މީގެ އިތުރުން ރައީސް ޞާލިހް އެމްޑީޕީގެ ހުޅުމާލޭ މެންބަރުންނާއި މިރޭ ބައްދަލު ކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސަވާފައެވެ.
Advertisement
ރައީސް ޞާލިހްގެ ކެމްޕެއިން ޓީމުން ބުނީ، ރައީސް ޞާލިހު ގެ ޕްރައިމަރީ ކެންޕެއިންގެ "ހުޅުމާލޭ ބައްދަލުވުން" މިރޭ 8:30 ގައި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލް ހޯލުގައި އޮންނާނެ ކަމަށެވެ.
އަދި މި ބައްދަލުވުމުގައި އެމްޑީޕީގެ ހުޅުމާލޭ ދާއިރާގެ މެންބަރުންނާއި، ކެންޕެއިން ޓީމުތަކާއި ރައީސް ޞާލިހު ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް ކެންޕެއިން ޓީމުން ބުނެއެވެ. 
ރައީސް ޞާލިހުގެ އެމްޑީޕީ ޕްރައިމަރީގެ ކެމްޕެއިން ތެރެއިން، މާލޭގެ އެމްޑީޕީގެ މެންބަރުންނާއި، ކެންޕެއިން ޓީމުތަކާއިވެސް ރޭ ވަނީ ބައްދަލު ކުރައްވާފައެވެ. މީގެ އިތުރުން މާލޭގައި އެމަނިކުފާނު ވަނީ ދޮރުން ދޮރަށް ކެންޕެއިންވެސް އިއްޔެ ކުރައްވާފައެވެ.
މާލޭގެ އިތުރުން، އަތޮޅުތަކަށްވެސް އެމަނިކުފާނު ވަނީ ކެންޕެއިން ދަތުރުތައް ކުރައްވާފައެވެ. އެގޮތުން އެންމެ ފުރަތަަމަ ވަޑައިގެންނެވީ ރ އަތޮޅަށެވެ. އެއަށްފަހު، ޅ، ބ އަދި ނ އަތޮޅުގެ ބައެއް ރަށްތަކަށްވެސް ވަޑައިގެންފައިވާއިރު، އެ އަތޮޅު ތަކުގައި ބޭއްވި ޖަލްސާ ތަކުގައި އެމަނިކުފާނު ވަނީ އެ އަތޮޅުގެ ރަށްތަކަށް ގިނަ ކަންކަން މި އަހަރު ތެރޭގައި ކޮށްދެއްވާނެ ކަމަށްވެސް ވައުދުވެ ވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ