ހީލަތުން ފައިސާ ހޯދި މައްސަލައެއްގައި އަންހެނަކާއި ފިރިހެނެއް ހޯދަން އިއުލާން ކޮށްފި

މަކަރާއި ހީލަތުން ފައިސާ ހޯދި މައްސަލައެއްގެ ތަހުގީގަށް ދެ މީހަކު ހޯދަން ދިވެހި ފުލުހުންގެ ހިދުމަތުން އިއުލާނުކޮށްފި އެވެ.ފ. ނިލަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ހޯދަމުން ދަނީ ގދ. ތިނަދޫ، ވެސްޓްޕޯލްއިރު، އަހްމަދު ސަލީމް (41އ) އާއި ދ. މީދޫ، ދުނބުރިމާގެ، މަރްޔަމް ރާމިޒާ (35އ) އެވެ.ފުލުހުން ބުނީ އެ ދެ މީހުން އުޅޭ ވަކި ތަނެއް ނޭނގޭތީ މައްސަލައިގެ ތަހުގީގަށް ޗިޓު ރައްދުކުރެވިފައި ނުވާ ކަމަށެވެ. ދެ މީހުންގެ އާއިލާއަށްވެސް އެ މީހުން އުޅޭ ތަނެއް ނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.އެ ދެ މީހުން މިމަހުގެ އަށްވަނަ ދުވަހުގެ 10:00 އަށް ޝަހީދު ހުސައިން އާދަމް ބިލްޑިންއަށް ހާޒިރުވުމަށް ފުލުހުން ވަނީ އަންގާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ