ދިވެހިރާއްޖޭގެ ރައްޔިތުންނަށް ވޭތުވެ ދިޔަ 10 އަހަރުގައި މައުލޫމާތު ގެނެސްދިނުމުގައި ސަންގުޓީވީން ކުރި ހިއްވަރުގަދަ މަސައްކަތަށް ތައުރީފުކުރާކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ސަންގުޓީވީއަށް 10 އަހަރު ފުރުމާއި ގުޅިގެން އެމަނިކުފާނު ދެއްވި ކުރު ވާހަކަކޮޅުގައި ވިދާޅުވީ، ސަންގުޓީވީގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށާއި ބެލުންތެރިންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރާ ކަމަށެވެ.
މި ޒަމަނުގައި ތެދުވެރިކަމާއިއެކު، މައުލޫމާތު ގެނެސްދިނުމަކީ ގައުމީ ޒިންމާއެއް، ވަރަށް ބޮޑު ޒިންމާއެއް
ޝާހިދު އިތުރަށް ވިދާޅުވީ، މުސްތަގުބަލުގައިވެސް ސަންގުޓީވީން ދޭ ހިދުމަތުގައި ދެމިތިބުމަށް އެބޭފުޅާ ހިއްވަރުދޭކަމަށެވެ.
ސަންގުޓީއަށް 10 އަހަރު ފުރުމާއި ގުޅިގެން ސިޔާސީ ދާއިރާގައި ފާހަގަކޮށްލެވޭ އިތުރު އެހެން ފަރާތްތަކުންވެސް ވަނީ އަހަރީ ދުވަހުގެ ތަހުނިޔާގެ ބަސްތައް ރައްދުކޮށްފައެވެ.
ވޭތުވެދިޔަ 10 އަހަރުތަކުގައި ކުރި ހިތްވަރުގަދަ މަސައްކަތަށް ތައުރީފުކުރަން: އަބްދުﷲ ޝާހިދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ