ރައީސް ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅަށް ފަހު މާލެ ވަޑައިގެންފި

ރައީސް މުހައްމަދު މުއިއްޒު ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅަށް ފަހު ރޭ މާލެ ވަޑައިގެންފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު ސިންގަޕޫރަށް ވަޑައިގެންނެވީ އީދުގެ ކުރިން މިދިޔަ ހޯމަ ދުވަހު އެވެ. މިއީ ނުރަސްމީ ދަތުރުފުޅެއްކަން މީގެ ކުރިން ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރައީސް އޮފީހުން ރޭ ބުނި ގޮތުގައި، ރޭގެ ވަގުތެއްގައި އެ މަނިކުފާނު ވަނީ މާލެ ވަޑައިގެންފަ އެވެ.
ފާހަގަކޮށްލެވޭ - ރައީސް ރޭ މާލެ ވަޑައިގެންފައިވާއިރު، މިއަދު އޮންނަ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. އަދި ނާޒިމްގެ ބަދަލުގައި އެ މަގާމަށް ގެންނާނެ މީހަކާ މެދު ދަނީ މަޝްވަރާތަކެއް ވެސް ހިނގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ