ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުހަށް އިތުރު ބަދަލުތަކެއް ގެންނާނެ ކަމަށް ރައީސްގެ އިޝާރާތެއް

ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގަށް އިތުރު ބަދަލުތައް ގެންނާނެ ކަމުގެ އިޝާރާތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ. ދުންފަތުގެ އިސްތިމާލްކުރުމާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި މިއަދު ފާހަގަކުރަމުންދާ ދުވަހާ ގުޅުވައި ރައީސް ވިދާޅުވީ، ދުންފަތް ކޮންޓްރޯލްކުރުމަށް އެކުލަވާލާފައިވާ ގާނޫނުތަކާއި ގަވާއިދުތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށެވެ. އަދި ދުންފަތުން ނަގާ ޓެކުހާއި އޭގެ އަގު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން މަސައްކަތްކުރާނޭކަމުގެ ޔަގީންކަން ދެއްވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް އެހެން ވިދާޅުވިއިރު މި ސަރުކާރުގައި ދުންފަތް ކޮންޓްރޯލް ކުރުމަށް ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައިވެއެވެ. އޭގެ ތެރޭގައި، 2024 ވަނަ އަހަރުގެ ނޮވެންބަރު މަހު، ސިނގިރޭޓާއި ބިޑިއަށް ނަގާ އިމްޕޯޓް ޑިއުޓީގެ ސްޕެސިފިކް ރޭޓު ތިން ރުފިޔާއިން އަށް ރުފިޔާއަށް ބޮޑުކުރުން ހިމެނެއެވެ. https://sun.mv/214013 އެ ބަދަލު ގެނައުމާއެކު ސިނގިރޭޓުގެ އަގު ވަރަށް ބޮޑު އުފުލުނެވެ. އެގޮތުން ސިނގިރޭޓު ކާޓަންއެއްގެ 995 ރުފިޔާއިން 2240 ރުފިޔާއަށް އެ މަހު އެރިއެވެ. އަދި ވަކިން ސިނގިރޭޓު ވިއްކުން މަނާކޮށްފައިވާއިރު، ސިނގިރޭޓު ފޮއްޓެއްގެ އަގު 110އިން ގާތްގަނޑަކަށް 300 ރުފިޔާއަށް ބޮޑުވިއެވެ. އެހެންނަމަވެސް އެ ބަދަލުތަކާއެކު ސިނގިރޭޓު ވިޔަފާރީގެ ކަޅު ބާޒާރެއް އުފެދި، އަގު ހެޔޮކޮށް ސިނގިރޭޓު ވިއްކުން އިތުރުވިއެވެ. ނަމަވެސް އެ ބަދަލު ތަންފީޒުކުރަން ފެށި ދުވަސްވަރު "ސަން"އަށް މައުލޫމާތު ދިން ބައެއް ވިޔަފާރިވެރިން ވަނީ އޭރު ސިނގިރޭޓުގެ ވިޔަފާރި ދަށްވި ކަމަށް ބުނެފައެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުމަށް ބާރުއެޅުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ޕޯސްޓަރެއް: ދުންފަތުގެ ބާވަތްތަކުން ނަގާ ޓެކުހަށް އިތުރު ބަދަލުތަކެއް ގެންނާނެ ކަމުގެ އިޝާރާތެއް ރައީސް ވަނީ ދެއްވައިފައި -- މީގެ އިތުރުން އެ ބަދަލަށް ސަރުކާރު ތެރެއިން ވެސް ފާޑުކިޔުން އަމާޒުވިއެވެ. އެގޮތުން މިދިޔަ އަހަރުގެ ފުރަތަމަކޮޅު ދައުލަތުގެ އާމްދަނީ ދަށްވުމުން، އެއީ ސިނގިރޭޓު އިމްޕޯޓް ޑިއުޓީ ބޮޑުކުރި ފަހުން ސިނގިރޭޓު އެތެރެކުރުން މަޑުޖެހިފައި އޮތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވިއެވެ. https://sun.mv/202688 ފާހަގަކޮށްލެވޭ ގޮތުގައި، މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ވެރިކަން ކުރާ ޕީއެންސީން ވަނީ ނާޒިމް މަގާމުން ދުރުކުރަން މަޖިލީހަށް މައްސަލައެއް ހުށަހަޅައިފައެވެ. އެ ގަރާރު މިއަދަށް އެޖެންޑާކޮށްފައި އޮއްވައި، ނާޒިމް ވަނީ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ޑިއުޓީ ބޮޑުވުމުން އާމްދަނީ ދަށްވުމުގެ ޝަކުވާއާ ގުޅުވައި ސަރުކާރުން ވަނީ، އެއީ މަދުވި ފައިސާއަށްވުރެ ސިއްހީ ފައިދާ ބޮޑު ކަމަށް ބުނެފައެވެ. ސިނގިރޭޓު ޑިއުޓީއަށް ބަދަލު ގެނައުމަށް ފަހު، ހަމަ އެ އަހަރު ތެރޭގައި ސަރުކާރުން ވަނީ ރާއްޖޭން ވޭޕް މަނާކޮށްފައެވެ. އެއަށްފަހު، މިދިޔަ އަހަރުގެ ނޮވެންބަރު މަހު ވަނީ، 2007ވަނަ އަހަރުން ފެށިގެން އުފަންވާ އެންމެންނަށް ސިނގިރޭޓު މަނާކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ