މިއަހަރުގެވެސް މަށިމާލި ޕެރޭޑުން ހުރިހާ ކުލައަކާއި ރަހައެއް ފެނިގެންދިޔަކަމަށް ވިދާޅުވެ، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު އެ ޕެރޭޑަށް ތައުރީފުކުރައްވައިފި އެވެ.
މުޅި ރާއްޖެއަށް މަޝްހޫރު މަށިމާލި ޕެރޭޑަކީ ކޮންމެ ބޮޑު އީދަކާއި ދިމާކޮށް ކުޅުދުއްފުށީ ރައްޔިތުން ބާއްވަމުން އަންނަ މާލި ޕެރޭޑެކެވެ.
ކޮންމެ އަހަރުވެސް ބޮޑުއީދުގައި ކުރިއަށްގެންދާ މަށިމާލި ޕެރޭޑަކީ މުޅިން ތަފާތު މާލިޕެރޭޑެކެވެ. މަށި ލައިގެން އުޅޭ މާލިތަކާއި ކަޅުތެލާއެކުވާ މާލިތަކުގެ އިތުރުން ރަށުގެ މަސައްކަތްތެރިކަންވެސް މި ޕެރޭޑުން ފެނިގެންދާނެ އެވެ. އަދި އޭރަކު އެންމެ ހިނގާ ސިޔާސީ ކަންކަމުގެ މައްޗަށް ހަޖޫ ޖަހައި ސިޔާސީ މާލިތަކާއި ފުޅަނދުތައްވެސް ހުންނާނެ އެވެ. އަދި ނުފުއްދާ ވައުދުތަކާއި ބައިނަލްއަގްވާމީ މައިދާނުގައި ހިނގާ މުހިންމު ކަންކަމަށް މަށިމާލީގައި ފުޅަނދުތައް ފެނިގެންދާނެ އެވެ.
މިއަހަރުވެސް ގިނަ ކުޅިވަރުތަކެއް ރައްޔިތުންގެ އިސްނެގުމާއެކު ކުރިއަށްގެންދިޔަކަން ފާހަގަކުރައްވަމުން މެންބަރު ފަރުހަތު ވިދާޅުވީ، ކޮންމެ ހަރަކާތަކުންވެސް ފެނިގެންގޮސްފައިވަނީ އުފެއްދުންތެރިކަމާއި ހުނަރުވެރިކަން ކަމާއި ރައްޔިތުންގެ އެއްބައިވަންތަކަން ކަމަށެވެ.
އޭގެ ތެރޭއިން ފަންމާލި ހަރަކާތަކީ ވަރަށް ބުރަ އަދި އެހާމެ ފަންނުވެރި މަސައްކަތެއް ކަމަށެވެ. އަދ ނަމުރުވެސް ފެނިގެންދިޔައީ ހުނަރުވެރި ފުރިހަމަ މަސައްކަތެއްގެ ގޮތުގައިކަމަށް މެންބަރު ފަރުހަތު ވިދާޅުވި އެވެ.
"އެންމެ ގިނަބަޔަކުގެ ސަމާލުން ހުއްޓުނު މަށިމާލި ޕެރޭޑްގައިވެސް ވެގެންގޮސްފައި ވަނީ ހުރިހާ ކުލައެއް ހުރިހާ ރަހައެއް ގެނެސްދިން ޕެރޭޑަކަށް." ފަރުހަތު ވިދާޅުވި އެވެ.
2000 ހައުސިންގ ޔުނިޓްގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި މެންބަރު ފަރުހަތު ވާހަކަދައްކަވަނީ--ކޭއޯފޮޓޯ
ދެ ޖިންސުގެ ދަފިނެގުމުގައި ދެ ޖިންސް ޒުވާނުން ފެނިގެން ދިޔުމަކީ އީދު އިތުރަށް ފުރިހަމަ ވެގެންދިޔަކަމެއްގެ ގޮތުގައި މެންބަރު ފާހަގަކުރެއްވި އެވެ.
ފަރުހަތު ވިދާޅުވީ، ކޮންމެ ކަމަކީވެސް އެކަމެއްގައި އާ ހިޔާލުތަކާއި ރަނގަޅުކުރަން ކަންކަން ހުންނާނެ ކަންކަން ކަމަށައި މި ނިމިދިޔަ އީދަކީ އެންމެންނަށް އުފާވެރި އީދެއްކަމުގައި ވީކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އީދު ކުޅިވަރުތައް އިންތިޒާމުކުރި ރައްޔިތުންނަށް މެންބަރު ޝުކުރުއަދާކުރެއްވި އެވެ.
މަށިމާލި ޕެރޭޑަކީ ރާއްޖޭގައި އެންމެ ގިނަ ބައެއްގެ ބައިވެރިވުމާއެކު ބާއްވާ އެންމެ ބޮޑު މާލި ހަރަކާތެވެ. މިއީ މުޅި ރާއްޖޭގެ ސަމާލުކަން ލިބޭ މާލި ޕެރޭޑެކެވެ.
މަށިމާލި ޕެރޭޑަށް މެންބަރު ފަރުހަތުގެ ތައުރީފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ