ހަ ވޯލްޑް ކަޕްގައި ލަނޑުޖަހައި ރޮނާލްޑޯ ފުޓްބޯޅައިގެ ތާރީޚްގެ ތެރެއަށް

މިރޭ އުޒްބަކިސްތާނާ ދެކޮޅަށް ކުޅެމުންދާ މެޗުގެ ފުރަތަމަ ހާފުގައި ރޮނާލްޑޯ ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. މިއީ އޭނާ 2006 ވަނަ އަހަރު ވޯލްޑް ކަޕްގައި ކުޅެން ފެށި ފަހުން، މިހާތަނަށް ބޭއްވި ހުރިހާ ވޯލްޑް ކަޕް މުބާރާތެއްގައި ވެސް ލަނޑު ޖަހައިގެން ގާއިމުކުރި ތާރީހީ ރެކޯޑެކެވެ. ރޮނާލްޑޯ ފިޔަވައި އިތުރު އެއްވެސް ކުޅުންތެރިއަކަށް މި ކާމިޔާބީ މިހާތަނަށް ހާސިލްކުރެވިފައެއް ނުވެއެވެ.
މިރޭގެ މެޗަށް ޕޯޗުގަލް ނުކުތީ ބޮޑު ޕްރެޝަރެއްގެ ތެރޭގައެވެ. އެއީ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ކޮންގޯއާ އެއްވަރުވުމާއި، އެ މެޗުގައި ރޮނާލްޑޯއަށް ލަނޑެއް ނުޖެހުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. ނަމަވެސް، މިރޭގެ މެޗުގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު، އޭނާއަކީ ފާޑުކިޔުންތަކަށް ފަސްޖެހޭނެ ކުޅުންތެރިއެއް ނޫންކަން އަނެއްކާވެސް ވަނީ ސާބިތުކޮށްދީފައެވެ.
މި ކާމިޔާބީއާއެކު ރޮނާލްޑޯ ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި އޭނާގެ ނަން ރަން އަކުރުން ފަވާލާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ