ވަކި މީހަކު ރިޔާސީ ކެންޑިޑޭޓަކަށް އެންޑޯޒްއެއް ނުކުރަން، ބޭނުން ވަނީ ޕާޓީއަށް ވެރިކަން ލިބެން: މީކާއިލް

ޗެއާޕާސަންކަމަށް ވާދަކުރައްވާ ބައެއް ބޭފުޅުން، ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ވަކި ބޭފުޅަކު އެންޑޯސްކޮށް މަސައްކަތް ކުރެއްވި ނަމަވެސް އޭނާ މަގާމަށް ވާދަކުރަނީ އެފަދަ އެއްވެސް މަގްސަދެއްގައި ނޫންކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.
މިދިޔަ ޑިސެމްބަރު މަހު ފައްޔާޒް އިސްމާއިލް އެމްޑީޕީގެ ޗެއާޕާސަންކަމުން އިސްތިއުފާ ދެއްވުމުން މަގާމު ހުސްވެ، އަދި މިހާތަނަށް ދިމީކޮށް ބޭފުޅަކު މަގާމަށް އިންތިހާބުކޮށްފައި ނުވެ އެވެ. ޕާޓީގެ ގައުމީ މަޖިލީހުން އޭރު ނިންމީ، ކައުންސިލް އިންތިހާބަށް ފަހު ޗެއާޕާސަނަކު ހޮވުމަށެވެ.
މިހާތަނަށް މީކާއިލްގެ އިތުރުން ޗެއާޕާސަންކަމަށް ވާދަކުރައްވާނެކަމަށް އިއުލާނު ކުރައްވާފައި ވަނީ، ޕާޓީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އަދި މަގާމަށް ވާދަކުރެއްވުމަށް އިއުލާނުކޮށް، އެމަނިކުފާނުގެ ފަރާތުން ނިޒާމީ ބޮޑެތި ބަދަލުތައް ގެނައުމަށް ވެސް ހުށަހަޅުއްވާފައި ވެއެވެ.
މީޑިއާއާ ބައްދަލުކުރައްވައި މީކާއިލް ވިދާޅުވީ، އޭނާ މި މަސައްކަތަށް ނުކުމެވަޑައިގަތީ ވަރަށް ގިނަ އަދަދެއްގެ އާންމު މެންބަރުންގެ ތާއީދާއެކު ކަމަށެވެ. އަދި އިންތިޚާބުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް، އާންމު މެންބަރުންނާއެކު ސާބިތުވެ ހުންނާނެ ކަމުގެ އިތުބާރު އޮންނާނެކަމަށް ވިދާޅުވިއެވެ.
މި މަގާމަށް ކުރިމަތިލާ ސަބަބެއްކަމަށް މީކާއިލް ވިދާޅުވީ، ޗެއާޕާސަނެއްގެ އެންމެ އިސް ވާޖިބަކީ ކުރިއަށް އޮތް 2028 ގެ ރިޔާސީ އިންތިޚާބު ޕާޓީއަށް ކާމިޔާބުކޮށްދިނުން ކަމަށެވެ. އެމްޑީޕީއަށް އަބަދުވެސް އިންތިޚާބުތައް ކާމިޔާބުވަނީ އެންމެން އެކުއެކީގައި، ބަދަހިކަމާއެކު މަސައްކަތް ކޮށްގެންކަން އޭނާ ފާހަގަކުރެއްވިއެވެ.
ޗެއާޕާސަންކަމަށް ވާދަކުރާނެކަމަށް އިއުލާނު ކުރައްވައި، ރައީސް ނަޝީދު ފައްޔާޒަށް ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ތާއީދު ކުރާތީ އެކަމަށް ވެސް މީކާއިލް ވާހަކަ ދެއްކެވި އެވެ. މީކާއިލް ވިދާޅުވީ ބައެއް ކެންޑިޑޭޓުން ވަކި ރިޔާސީ ކެންޑިޑޭޓުން ”އެންޑޯޒް“ ކުރައްވައިގެން ތިބި ނަމަވެސް އޭނާ ހުންނެވީ ވަކި މީހަކު ވެރިކަމަށް ގެނައުމަށް ނޫން ނޫން ކަމަށެވެ.
އަޅުގަނޑު އެމްޑީޕީގެ އާންމު މެންބަރުންނަށް ދޭން ބޭނުންވާ ޔަގީންކަމަކީ، އަޅުގަނޑު މިހުރީ ޗެއާޕާސަނެއްގެ ހައިސިއްޔަތުން ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ޝައުގުވެރިވާ ހުރިހާ ބޭފުޅުންގެ މެދުގައި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މަސައްކަތް ކުރަން. އެ ބޭފުޅުންނަށް އިތުބާރު ކުރެވޭނެ ޕްރައިމަރީއެއް ބާއްވައިދޭން އަޅުގަނޑު މިހުރީ ތައްޔާރަށް،
މީކާއިލް ވިދާޅުވީ އޭނާ ހުންނެވީ ވަކި ފަރާތަކަށް ޖެހިގެން ނޫންކަމަށާއި، އޭނާގެ ފަހަތުގައި ތިބީ ޕާޓީގެ އާންމު މެންބަރުން ކަމަށެވެ. ޕާޓީގެ އެތެރޭގެ މަސްލަހަތު ހިފަހައްޓައި، ހުރިހާ ފަރާތްތަކަށް ހަމަހަމަ ފުރުސަތު ހޯދައިދިނުމަކީ އޭނާގެ އެންމެ ބޮޑު އަމާޒު ކަމުގައިވެސް ވިދާޅުވިއެވެ.
މީގެއިތުރުން މީކާއިލް ވަނީ ޗެއާޕާސަންކަމަށް ވާދަކުރުމަށް އެނާއަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދު އޮތްކަމަށް ވެސް ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ