ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް އަލްއުސްތާޛް މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަން ކުރައްވައިފިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ތަރުޖަމާނެއްގެ މަގާމުން ކުރިން އަދާކުރެއްވެވި ފިރުޒުލް މިހާތަނަށް މަސައްކަތް ކުރައްވަމުން ގެންދެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީއެއްގެ މަގާމުގައެވެ.
ޕީސީބީ އިން މިއަދު ބުނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޑެޓްގެ ބޯޑް މެމްބަރުކަމާއި މެނޭޖިންގ ޑިރެކްޓަރުކަމުގެ މަޤާމަށް، ފިރުޒުލް ވަނީ މިއަދުން ފެށިގެން އައްޔަނުކޮށްފައި ކަމަށެވެ.
ފިރުޒުލް އަކީ އަޒްހަރު ޔުނިވަސިޓީން މަތީތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހުސްވީ އެމަގާމުގައި ހުންނެވި މުޙައްމަދު ޝަކީލު، އިލެކްޝަންސް ކޮމިޝަނަށް އައްޔަން ކުރެއްވުމަށް މަޖިލީހުން ނިންމެވުމުން މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރަކަށް ފިރުޒުލް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ