އެސްޓީއޯގައި ފިލިޕްސް އޭސީއަށް ހާއްސަ ޕްރޮމޯޝަނެއް

އެސްޓީއޯ ޕީޕަސްލް ޗޮއިސްގައި ވިއްކާ މަޝްހޫރު ފިލިޕްސް ބްރޭންޑުގެ އޭސީތަކުން ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ. 
މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަންގައި ފިލިޕްސް ބްރޭންޑުގެ އެކި ސައިޒުތަކުގެ އޭސީތައް ހާއްސަ އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ. އެގޮތުން އޭސީތަކުގެ 9،000 ބީޓީޔޫ އާއި 12،000 ބީޓީޔޫ އާއި 18،000 ބީޓީޔޫ އަދި 24،000 ބީޓީޔޫގެ އޭސީތަކުން އެ ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. 
އެސްޓީއޯ ޕީޕަލްސް ޗޮއިސްއަށް ފިލިޕްސް އޭސީ ތައާރަފްކުރީ މިދިޔަ މަހު އެ ފިހާރައިގެ ފުރަތަމަ ފަންގިފިލާ ހުޅުވުމަށް ފަހު އެވެ. އަދި ފިލިޕްސްގެ ވޯލް މައުންޓަޑް އޭސީގެ އެކި ރޭންޖުތައް އެސްޓީއޯގައި މިހާރު ވިއްކަމުން ދާއިރު، އެ އޭސީއަކީ އިތުބާރު ހިފޭ އަދި ގެތަކަށާއި އޮފީސް މާހައުލު ތަކަށް އެކަށޭނަ ގޮތަށް ސްމާޓް ކޫލިންގް ސިސްޓަމެއް
ފޯރުކޮށްދޭނެ އުފެއްދުމެއް ކަމަށް އެސްޓީއޯއިން ބުންޏެވެ. 
ފިލިޕްސް އޭސީ އަކީ ޗައިނާގައި އުފެއްދުމެކެވެ. އަދި އެއީ ގިނަ ދުވަހު ގެންގުޅެވޭ އަދި އަވަހަށް ފިނިކޮށްދޭ، ބޭނުން ކުރަން ފަސޭހަ އޭސީތަކެކެވެ.
ފިލިޕްސް ބްރޭންޑުގެ އޭސީތަކުގެ ހުރިހާ އުފެއްދުންތަކެއް ވެސް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފުރަތަމަ ފަންގިފިލާއިން ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ