މާވިން އުމުރަށް ޖަލަށްލާން ހުކުމްކޮށްފި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުވައްމުލަކު މީހަކު ހޯދަނީ އާރަށު މައްސަލައިގެ އާ ހެކިތައް ބަލައިނުގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުން ދަމަހައްޓައިފި ސިނގިރޭޓުގެ ޑިއުޓީ ކުޑަކުރުމަށް މަޖިލ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ މުވައްޒަފުންތަކެއްގެ އަތުން ގިނަ އަދަދެއްގެ ބޭރު ފައިސާ ހުރި ބްރީފްކޭހެއް ފޭރުނު މައްސަލާގައި ދައުވާ އުފުލާފައިވާ އަށް މީހުންގެ ޝަރީއަތް ކްރިމިނަލް ކޯޓުގައި މިއަދު ފަށައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ހިންގި މި ހާދިސާގައި، ތުހުމަތުކުރެވޭ މީހުން އެއާޕޯޓަށް ގޮސްފައިވަނީ ޓެކްސީއެއްގައެވެ. ބީއެމްއެލްގެ މުވައްޒަފުން އަތުން ފައިސާ ފޭރުމަށްފަހު، އެމީހުން ފިލާފައިވަނީ އެއާޕޯޓަށް ތައްޔާރުކޮށްފައި އޮތް ލޯންޗެއްގައެވެ. ނަމަވެސް، ފުލުހުން ހަމަ އެދުވަހު އެ ލޯންޗު ހޯދައި، މި މައްސަލާގައި ހިމެނޭ ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ކޯޓަށް ހުށަހެޅި މައުލޫމާތުތަކަށް ބަލާއިރު، ފޭރުނު ބްރީފްކޭހުގައި ގިނަ އަދަދެއްގެ ފައިސާ ހުއްޓެވެ. އޭގެ ތެރޭގައި ހިމެނެނީ: 4,900 ޔޫރޯ، 1,735 ޕައުންޑް، 2,610 ސިންގަޕޯ ޑޮލަރު، 1,345 އޮސްޓްރޭލިއަން ޑޮލަރު، 510 ސްވިސް ފްރޭންކް، 1,515 ކެނޭޑިއަން ޑޮލަރު، 334,000 ޖަޕަނީސް ޔެން، 10,420 ހޮންކޮންގް ޑޮލަރު، 106,120 ޔޫއެސް ޑޮލަރު، 23,778 ދިވެހި ރުފިޔާ އަދި 25,000 އިންޑިއަން ރުޕީސްގެ އިތުރުން 600 ޗައިނީސް ޔުއާންއެވެ.
މި މައްސަލާގައި ޕީޖީ އޮފީހުން އަށް މީހެއްގެ މައްޗަށް އެކި ދައުވާތައް އުފުލާފައިވެއެވެ. އެގޮތުން ތ. ވިލުފުށި، އެހީވާގެ އަހްމަދު މާހިދުގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގެ ކުށުގެ ދައުވާ އާއި ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގެ ކުށުގެ ދައުވާގެ އިތުރުން މަގުބޫލު ސަބަބެއްނެތި އާންމު ތަނެއްގައި ތޫނުއެއްޗެއް ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. އަދި ސ.ހިތަދޫ، ވަށަގުލިމާގެ އަލީ އަފްޒަލްގެ މައްޗަށް އުފުލާފައިވަނީ ފޭރުމުގެ ކުށުގެ ދައުވާ ތޫނުއެއްޗެއް ބޭނުންކޮށްގެން މީހަކަށް ބިރުދެއްކުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.
މީގެ އިތުރުން މި ފޭރުމުގައި ބައިވެރިވި ކަމުގެ ދައުވާކޮށްފައިވަނީ ގއ. ވިލިނގިލި، ބިނާ، އަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު، ކ. ގުރައިދޫ، އަޅިވިލާގެ، ހުސައިން ޝަހުދު، ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް، ލ. މާވައް، ރޭޝަމް، މާޒިން މޫސާ އަދި މ.ކޯރަސް، އަހްމަދު ރައިހާން ނައީމްގެ އިތުރުން ރ. މަޑުއްވަރި، މީޒާން، އިސްމާއީލް ސިރްހާން ގެ މައްޗަށެވެ.
މި ހާދިސާގެ ސަބަބުން ބީއެމްއެލްއަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު، ދައުވާލިބޭ މީހުންގެ އަތުން ނަގައިދިނުމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކޯޓުގައި އެދިފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ