ސިޓީތަކާއި ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ ރައީސުންގެ މުސާރަ އަނެއްކާވެސް ކުޑަކުރުމަށް ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމައިފިއެވެ.
ޕޭ ކޮމިޝަނުން އެންމެ ފުރަތަމަ އާންމުކުރި ސާކިއުލާގައިވާ ގޮތުން ސިޓީތަކުގެ ޑަބްލިއުޑީސީ ރައީސުންގެ މުސާރައަކީ 41,500 ރުފިޔާއެވެ. ނަމަވެސް އެކަމަށް ސޯޝަލް މީޑިއާގައި ފާޑުކިއުން އަމާޒުވުމުން އެ އަދަދު ވަނީ 33,000 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި އަލުން މިއަދު ގެނައި ބަދަލާއެކު، ސިޓީތަކުގެ ކޮމިޓީ ރައީސުންގެ މުސާރަ ވަނީ 20,000 ރުފިޔާއަށް ދަށްކޮށްފައެވެ.
ރަށްރަށުގެ އަންހެނުންގެ ކޮމިޓީތަކުގެ ރައީސުންގެ މުސާރައަށް ވެސް ބަދަލު ގެނައިއިރު، 21,000 ރުފިޔާގައި ހުރި ރަށްރަށުގެ ކޮމިޓީ ރައީސުންގެ މުސާރަ މިހާރު ވަނީ 15,000 ރުފިޔާއަށް ކުޑަކޮށްފައެވެ. އަދި ކޮމިޓީތަކުގެ ރައީސުންގެ މުސާރައަށް މިފަދަ ބަދަލުތަކެއް ގެނައި ނަމަވެސް، އެހެން މެންބަރުންނާއި ނައިބު ރައީސުންގެ މުސާރައަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވެއެވެ.
މިހާރު ހަމަޖައްސާފައިވާ އުސޫލުން ސިޓީތަކުގެ ޑަބްލިއުޑީސީ ނައިބު ރައީސުންނަށް 7,000 ރުފިޔާ އަދި މެންބަރުންނަށް 6,000 ރުފިޔާ ލިބޭނެއެވެ. އަދި ރަށްރަށުގެ ކޮމިޓީތަކުގެ ނައިބު ރައީސުންނަށް 6,000 ރުފިޔާ ލިބޭއިރު، މެންބަރުންނަށް ކަނޑައަޅާފައިވަނީ 5,000 ރުފިޔާއެވެ.
ޕޭ ކޮމިޝަނުން ބުނި ގޮތުގައި، އަލަށް މި ކަނޑައެޅުނު މުސާރައާއި އިނާޔަތްތައް ދެއްވަން ފަށްޓަވާނީ 17 މޭ 2026 އިން ފެށިގެންނެވެ.
ޑަބްލިއުޑީސީ މުސާރައަށް އަނެއްކާވެސް ބަދަލެއް: ސިޓީތަކުގެ ރައީސުންނަށް 20،000، ރަށަށް 15،000 ރުފިޔާ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ