މަރުކަޒީ ބޭންކް، އެމްއެމްއޭއިން 'މޯލްޑިވްސް ޕްރިމިއާ ބޭންކް'ގެ ނަމުގައި ރާއްޖޭގައި އާ ބޭންކެއް ހުޅުވައި ހިދުމަތް ދިނުމުގެ ހުއްދަ މިއަދު ދީފި އެވެ.
އެނގުން މުހިންމު - އެމްއެމްއޭން ބޭންކިން ލައިސަންސް އާއި އޮޕަރޭޝަނަލް އެޕްރޫވަލް ދިން، 'މޯލްޑިވްސް ޕްރިމިއާ ބޭންކް'ގެ ހަމައެކަނި ހިއްސާދާރަކީ:
އިމާރާތްކުރުމުގެ ދާއިރާގެ ވިޔަފާރިވެރިޔާ އަދި ރައީސް މުހައްމަދު މުއިއްޒުގެ އިކޮނޮމިކް އެންޑް ޓްރޭޑް އެޑްވައިޒަރު މުހައްމަދު އަލީ ޖަނާހުކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުންފުނިތަކުގެ ދަފްތަރުން ދައްކާ
ތަފްސީލް - އެމްއެމްއޭއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ ބޭންކަށް ބޭންކިން ހިދުމަތް ދިނުމުގެ ހުއްދަ ދިނީ އެމްއެމްއޭގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކަމަށެވެ. އެގޮތުން އެ ލައިސަންސާ ހަވާލުވީ:
އެމްއޭސީއެލްގެ ޗެއާމަންގެ މަގާމު ފުރުއްވާ ޖަނާހުގެ ދަރިކަނބަލުން އައިޝާ ނޫރައިން ޖަނާހު
އެ ބޭންކުގެ ބޯޑުގައި ހިމެނެނީ:
އިސްމާއިލް އަލިމަނިކު: ފިނޭންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރެއް
ނޫރްހައިރާ ލިމްޕާއޯ އޮސޮޕް ސަދަވާ
ރަހީމާ ސަލީމް: އެޗްޑީއެފްސީގެ ކުރީގެ އެކްޓިން މެނޭޖިން ޑިރެކްޓަރު
މަރިޔަމް ޝާހިދާ މުހައްމަދު
އައިޝަތު ނޫރައިން ޖަނާހު
ފާތިމަތު ސުޖާތާ ހަލީމް: ޕެންޝަން އޮފީހުގެ ކުރީގެ ސީއީއޯ
މުހައްމަދު ހުސެއިން މަނިކު: މި ފަހުން ސީއެމްޑީގެ ސީއީއޯކަމުން އިސްތިއުފާ ދެއްވި
މިއަދު އެމްއެމްއޭގައި ބޭއްވި ރަސްމިއްޔާތުގައި އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރާއި ޑެޕިއުޓީ ގަވަރުނަރުގެ އިތުރުން އެމްއެމްއޭގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުން ބައިވެރިވި އެވެ. އަދި މޯލްޑިވްސް ޕްރިމިއާ ބޭންކުގެ ޗެއާޕާސަން އާއި ބޯޑު މެންބަރުންގެ އިތުރުން ސީނިއާ މެނޭޖްމަންޓުން ވެސް ބައިވެރިވި އެވެ.
ފާހަގަކޮށްލެވޭ - މޯލްޑިވްސް ޕްރިމިއާ ބޭންކަށް ދިން މި ހުއްދައާ އެކު ރާއްޖޭގައި އޮޕަރޭޓްކުރާ ބޭންކުތަކުގެ ޖުމްލަ އަދަދު ނުވަޔަކަށް އަރާނެ އެވެ.
އެމްއެމްއޭގެ ބަސް - އެމްއެމްއޭއިން ބުނީ މިއީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރުމަށާއި ބޭންކިން ދާއިރާގެ ވާދަވެރިކަން ބޮޑުކުރަން އަދި މާލީ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރަން ލިބުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ.
ޖަނާހުގެ ޕްރިމިއާ ބޭންކަށް ހިދުމަތް ފަށަން އެމްއެމްއޭއިން ހުއްދަ ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ