ބޮޑު ޢީދު ޗުއްޓީއަށް ރައީސް މައުމޫން އޮމަދޫގައި

މި އަހަރުގެ އަޟްހާ ޢީދު ފާހަގަކޮށް، ޢީދު ޗުއްޓީ ހޭދަކުރެއްވުމަށް ޓަކައި ކުރީގެ ރައީސް މައުމޫން ޢަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް އދ. އޮމަދޫއަށް މިދިޔަ ހޯމަ ދުވަހު ވަޑައިގެންފިއެވެ. އެ މަނިކުފާނު އެ ރަށަށް ވަޑައިގެންނެވީ، އެ މަނިކުފާނުގެ އާއިލާއާ ގާތްގުޅުމެއް އޮންނަ އޮމަދޫގެ އާއިލާއަކުން ދިން ދައުވަތަކަށެވެ. ރައީސް މައުމޫނާއި އެ މަނިކުފާނުގެ އަނބިކަނބަލުންނާއެކު ދޮށީ ދަރިކަލުން އަހްމަދު ފާރިސް މައުމޫނާއި، ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނު ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން އެ މަނިކުފާނުގެ އަރިހުގައި ސިޔާސީ މަސައްކަތުގައި އުޅުއްވާ ރައީސް އޮފީހުގެ މިނިސްޓަރު ޒަހާ ވަހީދު ވެސް ބައިވެރިވެވަޑައިގަތެވެ. ރައީސް މައުމޫނުގެ މި ދަތުރުފުޅާ ގުޅޭގޮތުން "ސަން"އާ ވާހަކަދައްކަވަމުން އޮމަދޫ ކައުންސިލް ރައީސް އިބްރާހީމް އާދިލް ވިދާޅުވީ، އެރަށުގައި މިއަދު ބޮޑު ޖަމާއަތުގައި ކުރި ޢީދު ނަމާދުގައި ރައީސް މައުމޫން ބައިވެރިވެވަޑައިގަތް ކަމަށެވެ. ރައީސް މައުމޫނު އޮމަދޫއަށް ވަޑައިގަތުން -- އޭގެ ފަހުން ރަށުގެ ރައްޔިތުންނާ ސަލާންކުރައްވައި ޢީދު ތަހުނިޔާ ބަދަލުކުރެއްވެވިއެވެ. އާދިލް ވިދާޅުވީ ރައީސް މައުމޫނާއެކު އެ ރަށު ކައުންސިލުގެ އިސްވެރިން ބައްދަލުވުމެއް ބާއްވައި، އެ ރަށުގައި އެކި ދާއިރާތަކުން ޕްރޮގްރާމް ހިންގުމާ ގުޅޭ މަޝްވަރާކުރެވުނުކަމަށެވެ. "އަޅުގަނޑުމެން ދައުވަތު ދިނިން ރައީސް މައުމޫނަށް ޢީދު ކުޅިވަރުތައް ބައްލަވައިލެއްވުމަށް،" އާދިލް ވިދާޅުވިއެވެ. މި އަހަރުގެ އަޟްހާ ޢީދު ސްކޫލު ދަރިވަރުންގެ ބޮޑު ބަންދާ ދިމާވެ ފާހަގަކުރާއިރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ ދެކަނބަލުން ވެސް ގެންދަވަނީ ތޮއްޑޫގައި ޢީދު ފާހަގަކުރުމުގެ ހަރަކާތްތަކުގައި ބައިވެރިވެލައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ