އަޅުގަނޑުގެ ވެރިކަމެއްގައި ތި ހުޅުމާލޭގައި ތި ދީފައި ހުރި ފްލެޓްތަކުގެ ކުލި އެއް ފަހަރާ މާފުކޮށްދޭނަން. ބޮޑު ލާރިއެއްވެސް ދައްކާކަށް ނުޖެހޭނެ،"
އެމަނިކުފާނުގެ ވެރިކަމެއްގައި ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ކުލި އެއް ފަހަރާ މާފުކޮށްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޖުމްހޫރީ ޕާޓީގެ 158 ވަނަ ކައުންސިލް ބައްދަލްވުމުގައި ވާހަކަ ދައްކަވަމުންނެވެ.ގާސިމް ވިދާޅުވީ ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއި އަދުލަށް މެނުއީ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަަމަށެވެ. ނަމަވެއް އެ މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ. ވިދާޅުވީ އެއްބަޔަކަށް ހުޅުމާލެއިން ބިން ވިއްކަނީ ބޮޑު އަގުގައި ކަމަށެވެ. އަދި އަނެއް ބަޔަކަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާ ކަމަށެވެ. އެއް ބަޔަކަށް ގޯތި ބަހާފައި އެހެން މީހުންނަށް ފްލެޓް ކުއްޔަށް ދިނުން އެއީ އިންސާފެއް ނޫން ކަމަށް ވިދާޅުވެ އެމަނިކުފާނުގެ ވެރިކަމެއްގައި ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގެ ކުލި އެއް ފަހަރާ މާފުކޮށްދެއްވާނެ ކަމަށް ވިދާޅުވި އެވެ."އެއް ބަޔަކަށް ވިއްކަނީ، ހެޓް ކިޔާފައި. އަނެއް ބަޔަކަށް ދޭންވީ ހިލޭ. ބަލަ ކޮބާ އިންސާފު. ކޮބާ އިހުސާންތެރިކަން. އަޅުގަނޑުގެ ވެރިކަމެއްގައި ތި ހުޅުމާލޭގައި ތި ދީފައި ހުރި ފްލެޓްތަކުގެ ކުލި އެއް ފަހަރާ މާފުކޮށްދޭނަން. ބޮޑު ލާރިއެއްވެސް ދައްކާކަށް ނުޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.މީގެ އިތުރުން ގާސިމް ވިދާޅުވީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދަމުންދާ ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލި ވެސް މާފުކޮށްދެއްވާނެ ކަމަށެވެ. އެއީ ބުނެލާ ބަހެއް ނޫން ކަަމަށް ވިދާޅުވެ އެ ވައުދު ފުއްދަވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. "އިންސާފު ގާއިމު ނުކުރެވޭ ކަމަށް ވަންޏާ ވެރިކަމުގައި ނުހުންނާށޭ މި ދަންނަވަނީ. ގެއަށް ކަނޑާލާށޭ،" ގާސިމްގެ ރިސޯޓްރަށް ޕެރަޑައިސްގައި އޮތް ކައުންސިލް ބައްދަލްވުން ނިންމަވާލައްވަމުން ގާސިމް ވިދާޅުވި އެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ހިޔާ ފްލެޓްތަކާއި ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ ކުލި މާފުކޮށްދެއްވާނެ ކަމަށް ގާސިމް ވައުދުވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ