މި އަހަރުގެ ރޯދަ މަހު ބޭނުން ކުރުމަށް ސައުދީ އަރަބިއްޔާއިން ހަދިޔާކުރި 50 ޓަނުގެ ކަދުރު އަންނަ ހޯމަ ދުވަހުން ފެށިގެން ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
އެ މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލެ ސަރަހައްދުގައި ކަދުރު ބަހަން ނިންމާފައި ވަނީ އިސްލާމީ މަރުކަޒުގައި ކަމަށެވެ. އަދި ރަށްރަށާއި ސިޓީތަކުގައި ކަދުރު ބަހާނީ އެ ރަށެއްގެ ކައުންސިލް ނުވަތަ ސިޓީއެއްގެ ކައުންސިލް މެދުވެރިކޮށް ކަމަށް ވެސް ބުންޏެވެ.
މާލެ ސަރަހައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހުން ފެށިގެން ފެބްރުއަރީ 6، ގެ ނިޔަލަށް، ހެނދުނު 9:30 އިން މެންދުރުފަހު 1:00 އަށެވެ.
މި އަހަރު ސައުދީން ހަދިޔާކުރި ކަދުރާއި ރާއްޖޭގެ ގޭބިސީތަކުގެ އަދަދާ އަޅައިބެލުމުން ކޮންމެ 100 ގޭބިސީއަކަށް ޖެހެނީ 25 ޕެކެޓު ކަދުރު ކަމަށް އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ. ނަމަވެސް ކަދުރު ބަހާނީ ބަލައި ހާޒިރުވާ ތަރުތީބުން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރުގެ މަގުން ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ކަދުރު ދޫކުރާނީ ގޭގެ ކަރަންޓު މީޓަރުގެ ނަންބަރަށާއި ކަދުރު ބަލައި ހާޒިރުވާ މީހާގެ އައިޑީކާށް ބެލުމަށްފަހު ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ރޯދަމަހު ރޯދަވީއްލުމުގެ އިންތިޒާމުތައް ހަމަޖައްސައިދޭ ޖަމިއްޔާ ޖަމާއަތްތަކަށް ވެސް ކަދުރު ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ. އެހެންކަމުން، ކަދުރު ބޭނުންވާ ޖަމިއްޔާތަކުން އެ މިނިސްޓްރީގައި ނަން ނޯޓު ކުރުމަށް އިސްލާމިކް މިނިސްޓްރީން އެދިފައިވެ އެވެ.
އަންނަ ހޯމަ ދުވަހުން ފެށިގެން ސައުދީ ކަދުރު ބަހަން ފަށަނީ، ކޮންމެ ގޭބިސީއަކަށް ޕެކެޓެއް އަންނަ ހޯމަ ދުވަހުން ފެށިގެން ސައުދީ ކަދުރު ބަހަން ފަށަނީ، ކޮންމެ ގޭބިސީއަކަށް ޕެކެޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ