މި ސަރުކާރުގެ އަމާޒަކީ މި ރިޔާސީ ދައުރުގެ ފަސް އަހަރު ނިމުމުގެ ކުރިން، އޭ ލެވެލްއަކީ ސްކޫލް ނިންމާ މަރުހަލާއަށް ހެދުން ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މަތީ އަރުތަވެރިންގެ އިނާމުދިނުމުގެ ރަސްމިއްޔާތުގެ 5 ވަނަ ދަންފަޅީގައި ވާހަކަފުޅުދައްކަވަމުންނެވެ.
މި އަމާޒަކީ ދަރިވަރުންނަށް ތަޢުލީމީ ފުރުސަތުތައް ފުޅާކޮށް، އެއްވެސް ދަރިވަރެއް ބާކީ ނުކުރުމަށްޓަކައި ކަނޑައަޅާފައިވާ އަމާޒެއްކަން ވަޒީރު ފާހަގަކުރަށްވާފައިވާއިރު، އޭ ލެވެލްގައި ކިޔަވާ ދަރިވަރުންގެ އަދަދު އިތުރުކުރުމަށްޓަކައި، މިދިޔަ އަހަރު ސަރުކާރުން މުހިންމު ދެ ނިންމުމެއް ވަނީ ނިންމާފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އެއީ އަތޮޅުތެރޭގެ 23 ސްކޫލެއްގައި އޭ ލެވެލް ފެށުމާއި، ދެ މާއްދާއިން ފާސްވިޔަސް އޭ ލެވެލް ކިޔެވުމުގެ ފުރުސަތު ދިނުމެވެ. މި ޕްރޮގްރާމްގެ ސަބަބުން، ސަރުކާރު ސްކޫލްތަކުގައި އޭ ލެވެލް ކިޔެވި ދަރިވަރުންގެ އަދަދު ފާހަގަކުރެވޭ މިންވަރަކަށް، (%77) އަށް އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ޕްރައިވެޓް ސްކޫލްތައް ވެސް ހިމެނޭ ގޮތަށް، ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އޭ ލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު %38 އިތުރުވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ކުރީ އަހަރަށް ވުރެ 106 ދަރިވަރުން އިތުރަށް އޭ ލެވެލްއިން ފާސްވެފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޝަފީޢު ވިދާޅުވީ، މާލެއާއި ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީ (ކޮލެޖް އޮފް ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން) ގައި އޭ ލެވެލް ކިޔަވާ ދަރިވަރުން އިތުރުކުރެވޭނެ ޖާގަ އެބަހުރި ކަމަށާއި، އަންނަ އަހަރު މާލެ ސަރަހައްދުގައި އޭ ލެވެލް ކިޔަވައިދޭ ދަރިވަރުންގެ އަދަދު އިތުރުވާނެ ގޮތަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.
މި ސަރުކާރުގެ އަމާޒަކީ ދަރިވަރުން ބާކީކުރުމުގެ ސިޔާސަތު ނައްތާލައި، ރާއްޖޭގައި އޭލެވެލްއަކީ ސްކޫލުން ނިންމާ މަރުހަލާގެ ގޮތުގައި މި ފަސް އަހަރު ނިމިގެންދާއިރު ކަނޑައެޅިގެން ދިއުން ކަމަށް ވެސް ވަޒީރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވިއެވެ.
Thiladhun © 2019 – 2023| Made with ❤️ in #Thiladhunmathi
Thiladhun © 2019 – 2022
Made with ❤️ in #Thiladhunmathi
އަމާޒަކީ ދައުރު ނިމިގެންދާއިރު އޭ ލެވެލްއަކީ ސްކޫލް ނިންމާ މަރުހަލާކަމުގައި ހެދުން: ޝަފީޢު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ