ވާޝިޔާގެ ހެދުން ގިނަ ބަޔަކަށް ކަމުގޮސްފި، މިއީ ދީއްކޮގެ ޚާއްސަ މަސައްކަތެއް
ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި، ފާތިމަތު ނަހުލާގެ 'ސޮރީ' ފިލްމު ޕްރިމިއާ ކުރުމަށް މިދިޔަ އަންގާރަ ދުވަހު ބެއްވި ހަފުލާގެ ރަތްދޫލައިން ފެނުނު ތަރީންނަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ. އޭގެ ތެރޭގައި އެ ފިލްމުގެ އެއް ބަތަލާ ވާޝިޔާ މުހައްމަދު ފާހަގަށްކޮލެވެއެވެ. ރަތްދޫލައިން ވާޝީޔާ ފެނުނީ ރަތް ހެދުމެއްގައި ހުއްޓައެވެ. ޑްރޭޕް ކޮށްފައިވާ ރީތި ޑިޒައިނަކުން ''ކޮންޓްރޯލްޑް ޑްރާމާ ވައިބެެއް'' ގެނެސްދިނެވެ. ވާޝިޔާ: ސޮރީ ފިލުމުގެ ރަތްދޫލަ ހަފްލާއަށް ތައްޔާރުވަނިކޮށް މި ހެދުމަކީ އާއިޝަތު ދީމާ (ދީއްކޮ) މި ހަފުލާއަށް ޚާއްސަކޮށް ތައްޔާރުކޮށްދީފާވާ ހެދުމެކެވެ. ދީއްކޮ އާންމުކޮށް ފަހައިދެނީ ކައިވެނި ހަފުލާތަކަށް ޚާއްސަ ގައުންތަކެވެ. ރެޑް ކާޕެޓް އިވެންޓަކަށް ފަންނާނެއްގެ ހެދުމެއް ފަހައިދިން މިއީ ފުރަތަމަ ފަހަރެވެ. "އަހަރެން ދުވަހަކުވެސް ސެލެެބްރިޓީން ހެދުން އެޅުވުމުގެ ޝައުގެއް މީގެ ކުރިއަކު ނުހުރޭ. އެކަމަކު [މޭކަޕް އާޓިސްޓް ރިޒްނާ އަހުމަދު] ރިޒްނާ ގުޅާފަ ޝިޔާއަށް ހެދުމެއް ޑިޒައިން ކުރަން ބޭނުންތޯ އެހުމުން ހިތަށް އެރީ އެއް ފަހަރު ޓްރައި ކޮށްލަން،" އޭނާ ބުންޏެވެ. ދީއްކޮގެ ސްޓޫޑިއޯގައި ހެދުމުގެ މަސަތްކަތް ކުރިއަށް ދަނިކޮށް އެ މަސައްކަތް ފަށައިގަނެވުނީ ޕްރިމިއާ އޮންނަ ތާރީޚު ޖެހެން ހަތަރު ދުވަހަށް ވެފައި ވަނިކޮށެވެ. ފުރަތަމަ ދީއްކޮ، ވާޝިޔާއާ ބައްދަލުކޮށް، ހެދުން ޑިޒައިން ކުރާނެ ގޮތާ ގުޅޭ ގޮތުން ދެ މީހުން ޚިޔާލު ބަދަލުކުރީއެވެ. އަދި ދެތިން ފިޓިންއަށް ފަހު ހެދުން އަވަހަށް ނިންމާލެވުނެވެ. ވާޝިޔާގެ މި ހެދުމަށް ފުރިހަމަކަން ގެނެސްދިން މޭކަޕްގެ ފަހަތުގައި ހުރީ ރިޒްނާ އަހުމަދެވެ. ރިޒްނާ ޚިޔާރުކުރީ، ހެދުމުގެ ރީތިކަމާ ގުޅުވައި ''ޕޮލިޝްޑް ބިއުޓީ'' މޭކަޕެކެވެ. "ހެދުމުގައި ގިނަ ޑީޓެއިލްތަކެއް ހުރުމުން, އަހަރެން ދިޔައީ މަޑު ސްމޯކީ, އެހާ އަނދިރި ނުކޮށް ވަރަށް ނެޗުރަލް މީޑިއަމް ޓޯނެއްގައި ތުންފަތް ވެސް ބަހައްޓަން. މޫނުގެ ބާކީ މޭކަޕްތައް ހަމަ ކްލީންކޮށް ބެހެއްޓީ،" އޭނާ ކިޔައިދިނެވެ. View this post on Instagram A post shared by Rizna Ahmed (@riznaahmedmua) މޭކަޕްގެ ގޮތުގައި ބޭނުންކުރި ހުރިހާ ޕްރޮޑަކްޓަކީ ވެސް ވާޝިޔާ އެމްބެސެޑަރުކަން އަދާކުރާ ޑެސިއޯއިން ދީފައިވާ މޭކަޕެވެ. އޭނާގެ އިސްތަށިގަނޑު ރީތިކޮށްދީފައި ހުރީ ޑިޕޮ ޝް ސެލޫންގެ ޝޭއެވެ. ރިޒްނާ އިތުރަށް ބުނީ އޭނާ ރަތްދޫލަމަތީ ލީ ދެ ހެދުމެއް ދީއްކޮށް ވަރަށް ފުރިހަމައަށް ތައްޔާރުކޮށްދިން ކަމަށާއި އެހެންވެ، ވާޝިޔާއަށް ވެސް އެފަދަ ރީތި ހެދުމެއް ފަހައިދޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށެވެ. ހުނަރުވެރި ޑިޒައިނަރެއްގެ މަސައްކަތާއި، އިތުބާރުކުރެވޭ ޓީމެއް ކުޑަ ދުވަސްކޮޅެއް ތެރޭ ކުރި މަސައްކަތުން، ވާޝިޔާގެ ރަތްދޫލައިގެ ފެނިލުން ވަރަށް ވެސް ހިތްގައިމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ