ޕައިލެޓްކަން ކިޔަވަން ސަރުކާރުން އިތުރަށް ސްކޮލާޝިޕް ދޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި، ޕައިލެޓް ކޯސް ހަދާފައިވާ ވަރަށް ގިނަ ޕައިލެޓުން ވަޒީފާއެއް ނެތި ތިބިއިރު މިނިސްޓަރު ވަނީ ޕީއެސްއެމްގެ އަހާށޭ ބުނާނަން' ޕްރޮގްރާމުގައި އެހުންތެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މި މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން މިނިސްޓަރު އަމީން ވިދާޅުވީ ޕައިލެޓުންނަށް ވަޒީފާ ނެތް މައްސަލަ ހައްލުކުރުމަށް ސިޔާސަތުތަކަށް ބަދަލު ގެންނަމުން އަންނަކަމަށެވެ. ޕައިލެޓުންނަށްް ވަޒީފާ ނުލިބުމުގެ މައްސަލައަކީ "ޖީލަކަށް ދިމާވެފައި އޮތް ބޮޑު މައްސަލައެއް"ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މައްސަލަ ހައްލު ކުރުމަށްޓަކާ ކުރެވޭނެ ކަންތައްތައް ބަލައި މިހާރު އޮތް މިންގަނޑަށް ވުރެ އިތުރަށް ކެޑޭޓު ޕައިލެޓުންނަށް ވަޒީފާ ދޭން އެއާލައިންތަކަށް 'މަޖުބޫރުކޮށްފައިވާ' ކަމަށެވެ.
މީގެ އިތުރުން އަމީން ވިދާޅުވީ ބައެއް ގައުމުތަކުގައި ގާނޫނު އޮންނަ ގޮތުން ކެޑޭޓު ޕައިލެޓުންގެ ވަޒީފާ ބޭރު މީހުންނަށް ނުދެވޭ ގޮތަށް ކަމަށެވެ. އަދި ރާއްޖޭގައި ވެސް މިހާރު އެ ވަޒީފާ ބޭރު މީހުންނަށް ނުދެވޭނެކަމަށް އަމީން ވިދާޅުވިއެވެ. އެވްރެޖުކޮށް ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރަނީ އަހަރަކު 7 ނުވަތަ 7.5 އިންސަތައަށް ކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީއަހަރަކު އަލަށް ވަޒީފާ ލިބެނީ 20-22 ކެޑޭޓު ޕައިލެޓުންނަށް ކަމަށެވެ.
އިތުރަށް އަމީން ވިދާޅުވީ ޕައިލެޓުކަން ކިޔަވަން އިތުރަށް ފުރުސަތު ނުދިން ނަމަވެސް، މިހާރު އެ ދާއިރާ އިން ކިޔަވަން ފުރުސަތު ލިބިފައިވާ ދަރިވަރުން ސްކޮލާޝިޕް ބަދަލުކުރަން ބޭނުންނުވާ ނަމަ އެ ކަމަށް ސަރުކާރުން ހުރަހެއް ނާޅާނެ ކަމަށެވެ.
ޕައިލެޓްކަން ކިޔަވަން ސަރުކާރުން އިތުރަށް ސްކޮލާޝިޕެއް މިވަގުތު ނުދޭނެ: މިނިސްޓަރު އަމީން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ